އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ބޮޑު އާބާދީއެއް އޮންނަ ޏ. ފުވައްމުލަކުން، ސަރުކާރު ހިންގާ ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ނުލިބި ހުރިހާ ގޮނޑިއެއްހެން އިދިކޮޅު އެމްޑީޕީން ހޯދައިފި އެވެ.
ވީ ކިހިނެއް؟- ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ވެސް ފުވައްމުލަކަށް ޕީއެންސީއަށް ލިބުނީ ބޮޑު ނާކާމިޔާބީ އެކެވެ.
އެގޮތުން:
މޭޔަރުގެ މަގާމު، މިހާރު ވެސް އެ މަގާމުގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއީލް ރަފީގު ދިފާއު ކުރެއްވި
ކައުންސިލްގެ ހަތް ގޮނޑި ވެސް ހޯދީ އެމްޑީޕީއިން
ދަޑިމަގު ދާއިރާއިން ގޮނޑި ނެނގީ އަމިއްލަ ކެންޑިޑޭޓެއް، އެ ދާއިރާއަށް ވާދަކުރީ އެ ކެންޑިޑޭޓާއި ޕީއެންސީގެ ކެންޑިޑޭޓު އެކަނި
އަންހެނުންގެ ކޮމެޓީގެ ނުވަ ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ހަތް ގޮނޑި ހޯދި އިރު، ޕީއެންސީއަށް ލިބުނީ އެއް ގޮނޑި. އަނެއް ގޮނޑި ހޯދީ އަމިއްލަ ކެންޑިޑޭޓެއް
މިހާރު އޮތް ކައުންސިލްގައި ޕީއެންސީގެ ދެ މެމްބަރުން ތިއްބަވަ އެވެ. އެކަމަކު މި ފަހަރުގެ އިންތިހާބު ނިންމާލަން ޖެހުނީ، ޕީއެންސީއަށް އެންމެ ބޮޑު ނާކާމިޔާބީއެއް ލިބުނު ރަށުގެ ގޮތުގަ އެވެ.
ފުވައްމުލަކު ކައުންސިލުން ސަރުކާރަށް އެންމެ ގޮނޑިއެއް ވެސް ނުލިބުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ