އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ށ. ނަރުދޫގެ ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕީއެންސީއަށް ލިބިއްޖެއެވެ.
މިއީ އެ ރަށުގެ ތާރީޚްގައިވެސް އެއް ޕާޓީއަކުން ހުރިހާ ގޮނޑިއެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އެގޮތުން، ލޯކަލް ކައުންސިލް އިންތިޚާބުގައި، ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުވެފައިވަނީ ޕީއެންސީ ޓިކެޓްގައި ވާދަކުރެއްވި މުޙައްމަދު މުސްތަރުސިދެވެ. އޭނާއަށް 270 ވޯޓް ލިބިފައިވާއިރު އެއީ ވޯޓުލީ މީހުންގެ %66.8 އެވެ. މުސްތަރުސިދުއާ ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް ހުސައިން ސުހައިލް އަށް ލިބުނީ 134 ވޯޓެވެ.
މެންބަރު ކަމަށް އިންތިޚާބު ކުރާ ފިރިހެން ކެމްޑިޑޭޓަށް ހޮވުނީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި އަހްމަދު މާހިރެވެ. އޭނާއަށް ލިބުނީ 234 ވޯޓެވެ. މާހިރުއާ ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް އަބްދުالله ޢަޒުމީއަށް ލިބުނީ 166 ވޯޓެވެ.
މީގެ އިތުރުން ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިއަށް ޕީއެންސީގެ އާމިނަތު ޒިރާނާ ހޮވުނުއިރު އޭނާއަށް 214 ވޯޓު ވަނީ ލިބިފައެވެ. އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ރީޝާ ޝަފީގަށް ލިބުނީ 185 ވޯޓެވެ.
234 ވޯޓާއެކު ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ޢައިޝަތު ނަހުމާ ހޮވުނުއިރު އެމްޑީޕީ ކެންޑިޑޭޓް ސަޢީދާ މުޙައްމަދުއަށް ލިބުނީ 151 ވޯޓެވެ.
މީގެ އިތުރުން އެ ކޮމިޓީގެ މެންބަރު ކަމަށް 266 ވޯޓާއެކު އައިޝަތު އިކުލީލާ ހޮވުނުއިރު، ދެވަނަ ގޮނޑި ކާމިޔާބު ކުރީ ފާތިމަތި ރިޝްފާއެވެ. އޭނާއަށް 199 ވޯޓު ލިބުނެވެ. އެ ކޮމިޓީގެ ގޮނޑިވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ނުލިބެއެވެ.
އެހެންކަމުން، ކައުންސިލަށް ހޮވާ 3 މެންބަރުންނާއި، އަންހެނުންގެ ކޮމިޓީގެ 3 މެންބަރުންގެ ގޮނޑިވެސް ކަށަވަރު ކޮށްފައި ވަނީ ޕީއެންސީންނެވެ.
ނަރުދޫއިން ހުރިހާ ގޮނޑިއެއްވެސް ދިނީ ޕީއެންސީއަށް، މިއީ ތާރީޚީ ކާމިޔާބީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ