ވިދާޅުވީ ރަޝިޔާ-ޔުކުރޭން މައްސަލާ ގައި ކުރެއްވި ޕޯސްޓެއްގެ މާނަ ގޯސްކޮށް ކުރައްވާ ކޮންޓެސްޓުން ބޭރަށް އެ ވާހަކަ ގެންދަވާފައިވާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
ރަޝިޔާ-ޔޫކުރޭން ހަނގުރާމައާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެކްސް ގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެން ރާއްޖޭގައި ހުންނަވާ ރަޝިޔާގެ ސަފީރު ރައްދު ދެއްވުމުން ޕޯސްޓްގެ މާނަ ގޯސްކޮށް ނުކުރުމަށް މައުމޫން އެދިވަޑައިގެންފި އެވެ.
މައުމޫން ކުރެއްވި ޕޯސްޓް ގައި ވަނީ ރަޝިޔާ އިން ޔޫކުރޭނަށް ވައިގެ މަގުން ހަމަލާތަކެއް ދެމުންދާ ކަމަށް ބީބީސީ ފަދަ ނޫސްތަކުން ރިޕޯޓް ކުރަމުންދާ ކަން ފާހަގަ ކުރައްވާފަ އެވެ. މި ހާލަތުގައި އދ ގެ ސަލާމަތީ މަޖިލީހުން އެކަމަށް އަޅާނުލާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ. މައުމޫން ވަނީ އދގެ އެއްވެސް ހަބަރެއް / އެ ޖަމާއަތުގެ ރިއެކްޝަނެއް އެކަމަށް ނެތް ކަމަށް ވިދާޅުވެފަ އެވެ.އެކަމާ ގުޅިގެން ރަޝިޔާ އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖު ގައި ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ ރައްދު ދެއްވާ ނުރުހުން ފާޅުކުރައްވާފަ އެވެ. ސަފީރު ވިދާޅުވި ގޮތުގައި ރަޝިޔާ-ޔޫކުރޭން މައްސަލަ ހައްލު ކުރުމަށް އަބަދުވެސް އިސްނަގަނީ ރަޝިޔާ އިންނެވެ. މިހާތަނަށް އެތައް ފަަހަރަކު އެކަން އެ ގޮތަށް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ހުޅަނގުގެ ވެރީންގެ ބަހަށް ޔޫކުރޭންގެ ރައީސް ހެއްލިވަޑައިގެން ރަޝިޔާއާ އެކު ހަނގުރާމަ އަކަށް ދާން ޖެހޭނެ ހާލަތަށް ކަންކަން ގެންދެވީ އެެވެ.ސަފީރު ވަނީ މި ފަހަރުގެ ހަނގުރާމަ ފެށެން މެދުވެރިވީ ހަގީގީ ސަބަބު ވިދާޅުވެ ދެއްވާ އެކަން ރައީސް މައުމޫނަށް ހަނދުމަފުޅުކޮށް އަރުވާފަ އެވެ. އަދި ގައުމުތަކުގެ މެދުގައި ނުބައި ތަފާތުކުރުންތަކެއް ގެންގުޅެ ހުޅަނގުން ކުރަމުންދާ ކަންކަމަށް ތާއީދު ނުކުރެއްވުމަށް މައުމޫނަށް އިލްތިމާސް ކުރެއްވި އެވެ.ސަފީރުގެ ވާހަކަތަކާއި ގުޅިގެން އެކްސް ގައި މައުމޫން ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ ރަޝިޔާ-ޔުކުރޭން މައްސަލާ ގައި ކުރެއްވި ޕޯސްޓެއްގެ މާނަ ގޯސްކޮށް ކުރައްވާ ކޮންޓެސްޓުން ބޭރަށް އެ ވާހަކަ ގެންދަވާފައިވާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ޕޯސްޓްގައި ވިދާޅުވެފައި ވަނީ އެފަދަ ހާލަތެއްގައި އދ ގެ ޒިންމާއާ ގުޅޭގޮތުން ކަމަށް ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ރަޝިޔާ އިން ޔޫކުރޭނަށް ވައިގެ މަގުން ހަމަލާތަކެއް ދެމުންދާ ކަމަށް ބީބީސީގައި ރިޕޯޓްކޮށްފައި އޮތް ކަމަށް ދެންނެވީ އެއީ ސައްހަ ނުވަތަ ސައްހަ ނޫން ރިޕޯޓެއް ކަމަށް ގަބޫލު ކުރައްވައިގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ ރަޝިޔާ-ޔުކުރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖެފަދަ އެތައް ގައުމަކަށް އެކަމުގެ އަސަރުކޮށް ދުނިޔޭގެ އިގްތިސާދަށް ގެއްލުންވަމުންދާތީ އެކަން ފާހަގަ ކުރާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސަފީރުގެ ނުރުހުމާއެކު މައުމޫން ވިދާޅުވީ މާނަ ކުރުން ގޯސް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ