ހައިވޭމަތިން 2 ކާރެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ވެއްޖެ

ހުޅުމާލެއިން މާލެ ދިއުމަށް އޮންނަ ހައިވޭމަތިން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ކާރެއްޖެހި އެކްސިޑެންޓެއްހިގައިފިއެވެ. ފުލުހުން ބުނީ ހައިވޭގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ކާރެއް އެކްސިޑެންޓްވެ މިއަދު ހަވީރު 4:00 ގައި ފުލުހުންނަނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހައިވޭ، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ލިބިފައިނުވި ނަމަވެސް، ދެ ކާރަށް ބޮޑެތި ގެންލުންތަކެއް ލިބިފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. އާންމުކޮށް މިފަދަ އެކްސިޑެންޓްތައް ހިނގާފައިވަނީ މަގުމަތީގައި ވެހިކަލް ދުއްވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހެދިފަިއވާ ގާނޫނުތަކާއި ގަވައިދުތަކަށް، ވެހިކަލްތައް ދުއްވާ ފަރާތްތަކުން ފުރިހަމައަށް ބޯނުލަބާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ