ބީއެމްއެލް އިން އައްޑޫގައި ބޭއްވި ކާނިވަލަށް ބޮޑު ތަރުހީބެއް

ބީއެމްއެލް އިން އައްޑޫ ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށް ކާނިވަލެއް ބާއްވައިފި އެވެ.އޮކްޓޫބަރު 29 އިން 31 އަށް އައްޑޫސިޓީގައި ކުރިޔަށް ގެންދިޔަ ކާނިވާގައި، އެ ސިޓީގެ ގިނަ ރައްޔިތުންވަނީ ބައިވެރިވެފަ އެވެ.ބީއެމްއެލް އިން ބުނިގޮތުގައި މިކާނިވާ ގައި ކޮންމެ ދުވަަހަކުވެސް ލަކީޑްރޯ އެއް ކުރިޔަށްގެންދިޔައެވެ. މި ލަކީޑްރޯ ގައި ބައިވެރިންގެ ތެރެއިން ނަސީބުވެރި ހަތަރު ފަރާތަކަށް ޖުމްލަ ހަތަރު ސައިކަލު ދޫކޮށްފައިވެއެވެ.އެ ކާނިވާއަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ