ލިލީ ފިލްމަށް މިމަހުގެ 19 ގެ ކުރިން ޓިކެޓް ނަގައިގެން ގަވިންގެ ބަދިގެ ސެޓެއް ލިބުމުގެ ފުރުސަތު

މިހާރު ޓިކެޓް ވިއްކަމުންދާ ދިވެހި ފިލްމު ލިލީ ބެލުމަށް ޓިކެޓެއް މިމަހުގެ 19 ގެ ކުރިން ނަގައިގެން ގަވިންގެ ބަދިގެ ސެޓެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ފަރުމާކޮށް ފަރުނީޗަރު ހެދުމުގައި ރާއްޖޭގައި މަގުބޫލު އެއް ކުއްފުނިކަމަށްވާ ގަވިން އިން މި ހުޅުވާލި ފުރުސަތަކީ މި މަހުގެ 20 ވަނަ ދުވަހު އޮލިންޕަހުގައި އަޅުވާ، ލިލީ ފިލްމަށް ޓިކެޓް ނަގާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކަސްޓަމައިޒްކޮށް ދެވޭ ބަދިގެ ސެޓެއް ހޯދުމުގެ ފުރުސަތެވެ. މި ބަދިގެ ސެޓުގައި އުނދުން ހުޑް އަދި ސިންކް ހިމެނޭހެން ބޭނުންވާ ޑިޒައިންކަށް ކަސްޓަމައިޒް ކޮށްދޭނެއެވެ. އެގޮތުން ގުރުނަގާނީ މިމަހުގެ 19 އާއި ހަމައަށް ޓިކެޓް ނަގާ ފަރާތްތަކުގެ މެދުގައެވެ. ގަވިންގެ ދެ ފިހާރައެއް މާލޭގައި ހުންނައިރު ހުޅުމާލޭގައި ވެސް އެ ކުންފުނީގެ ފިހާރައެއް ހުރެ އެވެ. މިތަންތަނުން ފަރުނީޗަރާއި އުނދުން، ހުޑް، މައިކްރޯވޭވްގެ އިތުރުން ހާޑްވެއާގެ އެކި ސާމާނުތައް ލިބެން ހުރެ އެވެ. ގަވިން އިން ވިޔަފާރިކުރާ މީހުންނަށް ބީއެމްއެލް އިސްލާމިކް، އެމްއައިބީ އަދި އެމްއެފްއެލްސީފަދަ ފައިނޭންޝަލް ސްކީމްތައް މެދުވެރިކޮށް ވެސް ވިޔަފާރި ކުރެވޭނެ އެވެ. ގަވިން އިން އަންނަނީ އެތަނުން އަލަށް ހުޅުވި ބާޒާރު ގަވިން މެދުވެރިކޮށް އިންޓީރިއާއިން ފެށިގެން ފަރުނީޗަރާއި ހާޑްވެއާ ސާމާނުތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ ހިދުމަތް ފަސޭހަކަމާއެކު ދެމުންދާ ކަމަށެވެ. ގާވިން ހުޅުމާލެ 9588899ގާވިން މާލެ - 9588833ގާވިން ބާޒާރު - 9428899
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ