އާ ޓާމިނަލްއިން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 އިން އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާއަށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.އިންޑިއާ ސަރުކާރުގެ މި އެއާލައިނަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުމަކީ ވީއައިއޭގެ އޮޕަރޭޝަންތައް އިތުރަށް ފުޅާވެ، ފަސިންޖަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ހިދުމަތް ދޭން ފަށައިފައިވަނީ 1 ނޮވެންބަރު 2025 ގައެވެ.އެއާ އިންޑިއާ އަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި މިއަދު ވަނީ ޓާމިނަލްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި ފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއެވެ. މީގެ އިތުރުން ރަސްމިއްޔާތުގައި އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު ޖައިންދަރް ސިންގް ރަނާ އާއި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.އެ ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރު ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓްގައި ރާއްޖެ އައި 132 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔައިފަ އެވެ.އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށީ 21 ފެބްރުއަރީ، 1976 ގަ އެވެ.އެއާ އިންޑިއާއާއެކު އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 18 އަށް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ