ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ
ޑްރަގު ބޭނުންކުރާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުން އަންނަ މައްސަލައެއް ސަލާމުކަމަށް އައިސްފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެެ ޗެއާޕާސަން ލުބްނާ ޒާހިރު ރޭ ވިދާޅުވެއްޖެއެވެ.ލުބްނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑްރަގު ބޭނުންކުރަމުންދާ މީހުންނަށް ބިއުޕްރެނޯފިން ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.ލުބްނާ ވިދާޅުވީ އެ ބޭހުގެ 10 ޓެބްލެޓް 2،000ރ. އަށް ވިއްކާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކޮންޓްރޯލްޑް ޑްރަގެއް ވިއްކުމަކީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަނާ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.ކޮންޓްރޯލްޑް ޑްރަގް ވިއްކުމަކީ ގާނޫނުން މަނާކޮށްފައި އޮންނަ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ