ބީއެމްއެލް އޭޓީއެމްގެ ހިދުމަތް މުޅި ވ. އަތޮޅަށް؛ 12 ވަނަ އަތޮޅު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވ. ރަކީދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި މުޅި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
ވީ ކިހިނެއް؟ - އޭޓީއެމްގެ ހިދުމަތް ތައާރަފްކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންނަކީ:
ރައީސް މުހައްމަދު މުއިއްޒު
 ވަޒީރުން 
ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް 
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 
ބީއެމްއެލްގެ އިސްބޭފުޅުން
"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން، މިހާރު އަޅުގަނޑުމެންނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިއްޖެ،" ޝަރީފް ވިދާޅުވި އެވެ.
"މިއިން ކޮންމެ އޭޓީއެމްއަކީ ވެސް އެރަށެއްގެ މުޖުތަމައުތައުގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް އަދި މިއީ ފަސޭހަކަމާ އެކު އަސާސީ ބޭންކިން ހިދުމަތަށް ވާސިލްވުމަށް ހުޅުވޭ ދޮރެއް."
'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މިއަދު ފ. ފީއަލި އަދި ބިލެތްފަހީގައި ވެސް އޭޓީއެމްގެ ހިދުމަތް ފަށާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
20 އަތޮޅުގައި 42 ބްރާންޗު 
166 ސެލްފް ސާވިސް ބޭންކިން ސެންޓަރު 
225 އޭޓީއެމް 
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ