ސަސްޕެންޝަނާ ހެދި މުޑްރިކް ފުޓްބޯޅަ ދޫކޮށް އެތުލެޓިކްސްއާ ދިމާލަށް މިސްރާބު ޖަހަނީ ސަސްޕެންޝަނާ ހެދި މުޑްރިކް ފުޓްބޯޅަ ދޫކޮށް އެތުލެޓިކްސްއާ ދިމާލަށް މިސްރާބު ޖަހަނީ

ކިއޭވް، ޔޫކްރެއިން (ސެޕްޓެމްބަރު 20) - ޗެލްސީ އަށް ކުޅެމުން އަންނަ ޔޫކްރެއިންގެ ތަރި، މިހައިލޯ މުޑްރިކް، މަނާބޭހަކަށް ޕޮޒިޓިވްވެ، ވަގުތީ ގޮތުން ސަސްޕެންޝަނެއްގައި ހުރިއިރު، އޭނާ، ފުޓްބޯޅަ ދޫކޮށް އެތުލެޓިކްސްގެ ސްޕްރިންޓް ރޭސްތަކަށް ހާއްސަވާން ތަމްރީން ހަދަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި އެފްއޭ އިން މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ނެގި ރުޓީން ޓެސްޓެއްގައި، މުޑްރިކް، 24، ގެ ސާމްޕަލް ވަނީ މަނާބޭހަކަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، އިނގިރޭސި އެފްއޭ އިން ނިންމާފައިވަނީ، އިތުރު ސާމްޕަލެއް ނެގުމަށް ފަހު، އިތުރަށް ކަންކަން ބެލުމަށެވެ.
އިތުރު ކަންކަން ބެލުމަށް ފަހު، މިދިޔަ ޖޫން މަހު ނިންމީ މުޑްރިކްގެ މައްސަލަ ފުރިހަމަ އަށް ތަހުގީގު ކުރުމަށެވެ. އެހެންވެ، އެ މުއްދަތުގައި އޭނާ ސަސްޕެންޝަނެއްގައި ހުންނަން އެންގި އެވެ.
މުޑްރިކް، އެންމެ ފަހުން މެޗެއްގައި ކުޅެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. ޗެލްސީން ޑިސެމްބަރު މަހު އެއް ވަނަ ދުވަހު އެސްޓަން ވިލާއާ ކުޅުނު މެޗުގެ ސްކޮޑުގައި މުޑްރިކް ހިމެނުނު ނަމަވެސް އޭނާ ކުޅެން އަރާފައިނުވެ އެވެ.
ސަސްޕެންޝަނުގައި ހުރި މުއްދަތު ދިގުލައި، ވާނެ ގޮތެއް ނޭނގޭތީ، މުޑްރިކް އަންނަނީ އޭނާގެ ކެރިއަރު ކުރިއަށްގެންދާނެ ގޮތްތަކާ މެދު ވިސްނަމުންނެވެ. އެ ގޮތުން، އެތުލެޓިކްސް އިން ކުރިއަށްދިއުމުގެ ވިސްނުމަކާ އެކު، އޭނާ އަންނަނީ ސްޕްރިންޓް ރޭސްތަކަށް ފަރިތަކުރަމުންނެވެ. ޔޫކްރެއިންގެ ގައުމީ ސްޕްރިންޓް ކޯޗުންނާ އެކު، ތަމްރީން ހެދުމުގެ ހުއްދަ އަކަށް މުޑްރިކް ވަނީ ޗެލްސީގެ ކިބައިން ވެސް އެދިފަ އެވެ.
އާސެނަލްގެ ޑީލެއް، 2023 ވަނަ އަހަރު، ހައިޖެކްކުރުމަށް ފަހު، ޗެލްސީން މުޑްރިކްގެ ސޮއި ހޯދީ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކަށް 100 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ޗެލްސީ އަށް ކުޅުނު 73 މެޗުން މުޑްރިކަށް ޖެހުނީ އެންމެ 10 ގޯލެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ