ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހޯދަން އިއުލާނު ކުރި ޝަހީބް އިބްރާހިމް ފިލުމަށް އޭނާގެ އަންހެނުން އެހީތެރިވި ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން މަސްތުވާތަކެތީގެ ބޮޑެތި އެކި މައްސަަތަކުގައި ހައްޔަރު ކުރި ޝަހީބު، 47، ލައިޓްހައުސް/ގއ. ވިލިނގިލި ހޯދަން ފުލުހުން އިއުލާނު ކުރީ، ފުލުހުން ކުރިން ބުނި ގޮތުގައި، މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 6އަށް އޭނާ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
ތަފްސީލް - ފުލުހުން ވަނީ ޝަހީބު ފިލައިގެން އުޅުމަށް އެހީތެރިވިކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފަ އެވެ.
ޝަހީބުގެ އަންހެނުން ހަމަ އެ ދުވަހު ބަންދުން ދޫކޮށްލި ކަމަށް ފުލުހުން ބުންޏެވެ. ޝަހީބު ހައްޔަރު ކުރީ އޭނާގެ އަންހެނުން ހައްޔަރު ކުރުމުން ޝަހީބު އަމިއްލައަށް ފުލުސް އޮފީހަށް ގޮސް، ހަވާލުވުމުންނެވެ.
ފުލުހުން މިއަދު ބުނީ ޝަހީބު ފިލުމުގައި އޭނާގެ އަންހެނުން އެހީތެރިވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގުން މުހިންމު - ޝަހީބަކީ:
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެއް
އޭނާ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކޮށްފައި
މި މައްސަލައިގެ އިތުރުން، އީރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ވެސް އޭނާއާ ގުޅުން އޮތް ކަމަށް ފުލުހުން މީގެ ކުރިން ތުހުމަތުކޮށްފައިވޭ
ޝަހީބު ފިލަން އޭނާގެ އަންހެނުން އެހީތެރިވި މައްސަލަ ތަހުގީގު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ