ނޯޓިލަސް ފައުންޑޭޝަނުން، މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓާ ގުޅިގެން، ދ. އަމާންވެށި ކުޑަކުދިންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ނޮޓިލަސް ފައުންޑޭޝަނުން އަމާންވެށީގެ ކުޑަކުދިންގެ މަރުކަޒަށް އެހީތެރިވުމުގެ ގޮތުން އެތަނުގައި ފުރިހަމަ ވަސީލަތާއެކު އައު ކިޔެވުމުގެ ކޮޓަރިއަކާއި ޓާފް އެޅި ކުޅޭ ސަރަހައްދެއް ވަނީ ގާއިމުކޮށްފަ އެވެ.
އެގޮތުން ކިޔެވުމުގެ ކޮޓަރީގައި ލައިބްރަރީއަކާއި ކޮމްޕިއުޓާ ސްޓޭޝަންތައް ވަނީ ގާއިމުކޮށްފަ އެވެ.
ކިޔެވުމުގެ ކޮޓަރިން ކުޑަކުދިންނަށް ފޮތްތަކާއި، އުނގެނުމަށް ބޭނުންވާ ވަސީލަތްތައް އަދި އެކުދިންގެ ތައުލީމަށް އެހީތެރިވެދޭނެ ޑިޖިޓަލް ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ. އަދި ކުޅޭ ސަރަހައްދުން ރައްކާތެރި މާހައުލެއްގައި ކުޅުމާއި ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.
ނޮޓިލަސް ފައުންޑޭޝަނުން ދ. އަމާންވެށި ކުޑަކުދިންގެ މަރުކަޒުގައި ގާއިމުކުރި ޓާފް ދަނޑު -- ފޮޓޯ: ނޮޓިލަސް ފައުންޑޭޝަން
ނޯޓިލަސް ފައުންޑޭޝަނުން ބުނީ މުޖުތަމައުތައް ބާރުވެރިކުރުވުމާއި، ތައުލީމަށް އިސްކަންދޭ ދެމެހެއްޓެނިވި މަޝްރޫއުތަކުގެ ތެރެއިން ކުޑަކުދިންގެ ކުރިއެރުމަށް އެހީތެރިވުމަށް އެ ޖަމިއްޔާއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމަށެވެ.
މިނިސްޓްރީގެ އިސްވެރިން ވިދާޅުވީ އެ ވަސީލަތްތަކުން ދ. އަމާންވެށީގައި ތިބޭ ކުދިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، އެކުދިންގެ ތައުލީމީ އަދި މުނިފޫހިފިލުވުމުގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ.
ނޯޓިލަސް ފައުންޑޭޝަނަކީ ދަ ނޯޓިލަސް މޯލްޑިވްސް، ނޯވާ މޯލްޑިވްސް، އެރީ މޯލްޑިވްސް، ކަނޑިމާ މޯލްޑިވްސް، ދ. އެއާޕޯޓް، މަންޓާ އެއާވޭޒް، އީގަލް މެރިން އެންޑް އިންޖިނިއަރިން އަދި ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެރިޓީ ފައުންޑޭޝަނެވެ.
ނޮޓިލަަސް ފައުންޑޭޝަނުން ދ. އަމާންވެށި ކުޑަކުދިންގެ މަރުކަޒަށް އެހީވެއްޖެ ނޮޓިލަަސް ފައުންޑޭޝަނުން ދ. އަމާންވެށި ކުޑަކުދިންގެ މަރުކަޒަށް އެހީވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ