ކޮންގްރެސް ޖަލްސާއަކީ ރެކޯޑެެއް؛ 13،000 ވުރެ ގިނަ މީހުން ބައިވެރިވި

މިރޭ އޮތް ކޮންގްރެސް ޕާޓީގެ ޖަލްސާއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބައިބޯ ސިޔާސީ ޖަލްސާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ އެވަރުގެ ބިޔަ އެއްވުމެއް އިންތިޒާމު ކޮށްދެއްވީތީ ޝުކުރު އަދާކުރައްވާފަ އެވެ.
މިރޭގެ ޖަލްސާގެ ބައިވެރީން މުޅި ސަރަހައްދު ފުރާލާފައި --
އަދި އެއްވުމުގެ ހުރިހާ ބައިވެރީންނަށް ޝުކުރު އަދާކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރުވެސް އެ ތަނުގައި 13,000 ވުރެ ގިނަ ރައްޔިތުން ތިބި ކަމުގެ ޔަގީންކަން އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފަ އެވެ.
މިރޭގެ ޖަލްސާގެ ބައިވެރީން މުޅި ސަރަހައްދު ފުރާލާފައި --
އަދި ވިދާޅުވީ އެއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބައިބޯ ސިޔާސީ ޖަލްސާ ކަމަށެވެ.
މިރޭގެ ޖަލްސާއަށް މާލެއާ އަތޮޅުތަކުން ވެސް ވަރަށް ގިނަަ އަދަދެއްގެ ބަޔަކު އައިސްފައިވާކަން ފާހަަގަ ކުރައްވާ އެ ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ.
މިރޭގެ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ
ކޮންގްރެސް ޕާޓީގެ ހިނގަމުންދާ ވެރިކަމަށް މީގެ ތިން ދުވަސް ފަހުން ދެ އަހަރު ފުރޭނެ އެވެ. ދެ އަހަރު ފުރުމާއި ދިމާކޮށް މިރޭ ބޭއްވި ޖަލްސާއަށް އަތޮޅުތަކުން ވަރަށް ގިނަ ބަޔަކު ގެނެސްފައިވެ އެވެ. ބައެއް ރަށްރަށުން އެތައް ސަތޭކަ ބަޔަކު އައިސްފައިވެ އެވެ.
މިރޭގެ ޖަލްސާގެ ހާޒިރީންނާއި ރައީސް އަތުގެ އިޝާރާތުން ސަލާމް ކުރައްވަނީ 
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ސަރުކާރުން އަލަށް ފަށަން ހަމަޖެހިފައިވާ ބައެއް ކަންކަން އިއުލާނު ކުރެއްވި އެވެ. ދެ އަަހަރުގެ ބައެއް ކާމިޔާބީތައް ވެސް ހިއްސާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ