ޑްރަގު ހުރި 63 ރަބަރު ޕެކެޓާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި ޑްރަގު ހުރި 63 ރަބަރު ޕެކެޓާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

ޑްރަގު ހުރި 63 ރަބަރު ޕެކެޓާއެކު ލ. މާވަށުން މީހަކު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ހައްޔަރުކުރީ ލ. މާވަށް، ބޭސްގެ، މުހައްމަދު އިބްރާހިމް، 43، އެވެ.
އޭނާ އަތުން ޑްރަގް ހުރި ރަބަރު ޕެކެޓްތަކެއް ފެނުނީ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ