އެމެރިކާ އާއި ޔާހޫދީ އިޒްރޭލު އިސްވެ އޮވެ، އީރާންއާ ދެކޮޅަށް ދެމުންދާ ހަމަލާގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ގައުމުތަކުގެ ސަރުކާރުތަކުން ކުއްލި ނުރައްކަލުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.
ހަގުރާމަ އާއެކު ކުރިމަތިވެފައިވާ އިގްތިސާދީ މި ނާޒުކު ޙާލަތުން ދުނިޔޭގެ ގައުމުތަކުގެ އިޤުތިޞާދު އަރައިގަތުމަށްޓަކައި އެންމެ ކުރިއަރާފައިވާ ހަތް އިޤުތިޞާދުގެ މައްޗަށް އެކުލެވިގެންވާ ގްރޫޕް އޮފް ސެވަން (ޖީ7)ގެ ޤައުމުތަކުގެ މާލީ ވަޒީރުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަވައި، ޤައުމުތަކުގެ އިމަރޖެންސީ ރިޒަރވްގައި ރައްކާކޮށްފައި ހުރި ތެޔޮ ބާޒާރަށް ނެރުމާ މެދު މަޝްވަރާ ފަށްޓާފައެވެ.
ހަމަ އެއާއިއެކު ވަކިވަކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ބަލައިލާއިރު، އަޅުގަނަޑުމެންނާއި ގާތް ބައެއްގައުމުތަކުންވެސް ވަނީ މި ނާޒުކުހާލަތުން އަރައިގަތުމަށް އަވަސްފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އެގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، ވަނީ ހާލަތަށް ރިޢާޔަތްކޮށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުއްލި ފިޔަވަޅުތަކެއް ޢިއުލާންކުރައްވާފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ދެ ހަފްތާ ދުވަހަށް ސްކޫލްތައް ބަންދުކުރުމާއި، ސަރުކާރުގެ ތެޔޮ ބޭނުންކުރުން ވަރަށް ބޮޑަށް މަދުކުރުން ހިމެނެއެވެ.
ތެލުގެ އަގު އުފުލެމުންދާތީ ގައުމުތަކުން ހަރަދު ކުޑަކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ