ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާއާ ހަމައަށް ދަށްވެއްޖެ
ރަމަޟާން މަހު ދިވެހީންގެ މެދުގައި މަގުބޫލު ފަނިގިރުމުގެ ބާވަތެއް ކަމަށްވާ ކަރާގެ، ކިލޯއެއްގެ އަގު ބާޒާރުގައި 30 ރުފިޔާއާ ހަމައަށް ދަށްވެއްޖެއެވެ. ބާޒާރުގައި މިއަދު ކަރާ ކިލޯއެއްގެ އަގު އުޅެނީ 30 ރުފިޔާއަށެވެ. މީގެ ތިން ދުވަސް ކުރީން ކަރާކިލޯއެއް ލިބެނީ 35 ރުފިޔާއަށެވެ. 'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރާގެ އަގު ދަށްވީ، އިންޑިއާއިން ކަރާގެ ޝިޕްމެންޓެއް ރާއްޖެ ގެނައުމުންނެވެ. މި ރޯދަމަސް ފެށުނުއިރު ބާޒާރުގައި ކަރާގެ އަގު ހުރީ، 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ. ބާޒާރުގައި ކަރާ މަދުވެ، މި ރޯދަ މަހު ފުރަތަމަ ފަހަރަށް ރަތް ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާއަށް އެރީ މި މަހުގެ ކުރީކޮޅުގައެވެ. ކަރާގެ އިތުރުން ފަނިގިރުމަށް ބޭނުންކުރާ ކުރުނބަލުގެ އަގު މިއަދުގެ ބާޒާރުގައި ހުރީ 30 ރުފިޔާއާއި 40 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. އަދި ކުރުނބާ ފުޅިއެއްގެ އަގު ހުރީ 120 ރުފިޔާގަވެ. މި ރޯދަމަސް ފެށުނުއިރު ބާޒާރުގައި ކުރުނބާގެ އަގު ހުރީ، 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައި ހިފެހެއްޓިފައެވެ. ބާޒާރުގައި އަލަނާސިގަނޑެއްގެ އަގު ހުރީ 50 ރުފިޔާއަށެވެ. މީގެ ތިން ދުވަސް ކުރީން ބާޒާރުގައި އަލަނާސި ގަނޑެއް ލިބެންހުރީ 60 ރުފިޔާއަށެވެ. ފަނިގިރާ ބާވަތްތަކުގެ އިތުރުން ބާޒާރުގައި ބައެއް ތަކެތި ވިއްކަންހުރި އަގުތަކަށް ބަލާލާއިރު: މިރުސް: 280/230 ރުފިޔާ ކިލޯލުނބޯ: 70 ރުފިޔާ ކިލޯވެކިއުމް މަސް: 120 ރުފިޔާ ކިލޯދޮންކެޔޮ: 50/60 ރުފިޔާ ކިލޯފަޅޯ: 40 ރުފިޔާ ކިލޯހިކަނދިފަތް: 10 ރުފިޔާ ކޯޅިއެއްރާނބާފަތް: 5 ރުފިޔާއަށް ފަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ