ވިޔަފާރިވެރިނަށް ސަރުކާރުން 8 ބިލިއަން ރުފިޔާ ނުދީ އެބަ އޮތް: ސޯލިހު ވިޔަފާރިވެރިނަށް ސަރުކާރުން 8 ބިލިއަން ރުފިޔާ ނުދީ އެބަ އޮތް: ސޯލިހު

ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދޭން ހުރި ފައިސާ ދައްކަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ނަަމަވެސް، އަމިއްލަ ވިޔަފާރިވެރިތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބޮޑުފޮޅުދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ އެ މަނިކުފާނާ ބައްދަލުވި ދެ ވިޔަފާރިވެރިޔަކަށް ގާތްގަނޑަކަށް 100 މިިލިއަން ރުފިޔާ ނުލިބި އެބަ އޮތް ކަމަށެވެ.
އޭގެ ތެރެއިން އެކަކަށް 38 މިލިއަން ރުފިޔާ، އަދި އަނެއް ވިޔަފާރިވެރިޔާ އަށް 60 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް ސޯލިހު ވިދާޅުވި އެވެ.
"ދެން ކިހިނެއް އެމީހުން ވިޔަފާރިކުރާނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
"ކަންމަތީ ފިހާރަތައް ބަނގުރޫޓުވެ ނިމިއްޖެ."
ވިޔަފާރިވެރިން ދަރާފައިވާ ކަމަށާއި ކޮންސްޓަރަކްޝަން ކުންފުނިތައް ހަދާނެ ގޮތް ހުސްވެފައިވާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
ވިޔަފާރިވެރިންނަށް ސަރުކާރުން ފައިސާ ނުދޭތީ ޓެކްސް ނުދެއްކޭނެ ކަމަށާއި، ޓެކްސް ނުދެއްކުމުން ޖަލަށް ލުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ