ރާއްޖޭގެ ހަތް ސަރަހައްދެއްގައި އެއާޕޯޓް އެޅުމަށް 86 މިލިއަން ޑޮލަރު އެކައުންޓަކަށް ޖަމާކޮށްފައި ހުންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އއ. ބޮޑުފޮޅަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ހަތް އެއާޕޯޓު އެޅުމަށްޓަކައި 86 މިލިއަން ޑޮލަރު އެއްކޮށްފައި ހުންނާނެ ކަމަށެވެ. އަދި މި ފައިސާ ކޮބައިތޯ ސޯލިހު ވަނީ ސުވާލު އުފައްދާފަ އެވެ.
"ރާއްޖޭގެ ހަތް ސަރަހައްދެއްގައި އެއާޕޯޓު އެޅުމަށް އަޅުގަނޑުމެން ފުރަތަމަ އެއްކުރީ ފައިސާ. އެއީ ރަށްތަކެއް ކުއްޔަށް ދީގެން 86 މިލިއަން ޑޮލަރު އަޅުގަނޑުމެން އެކައުންޓަކަށް ޖަމާކޮށްފައި އެ މަސައްކަތް ފެށީ. އޭގެ ތެރޭގައި ހއ. މަކުނުދޫ، ބިލަތްފަހި، ބެރިޔަންފަރުގައި އަޅާ އެއާޕޯޓު، ތުޅާދޫ، މަގޫދޫ. ވިލުފުށީގައި އަޅަން ނިންމި އެއާޕޯޓަކީ މި ބަޖެޓުން ތަރައްގީކުރަން ނިންމި އެއާޕޯޓުތައް, ކޮބައިތޯ މި ފައިސާ. ހަމަގައިމުވެސް މިއިން ރަށެއްގައި ޕްރޮޖެކްޓެއް ނުހިނގާ " ސޯލިހު ވިދާޅުވި އެވެ.
ލ. ކައްދޫ ތަރައްގީ ކުރުމަށް ވެސް އެމްޑީޕީގެ ސަރުކާރުން 10 މިލިއަން ޑޮލަރު ބަހައްޓާފައި ހުންނާނެ ކަމަށާ, އެ ތަންތަން ތަރައްގީ ނުކޮށް އެ ފައިސާ އަށް ކުރީ ކޮން ކަމެއްތޯ ސޯލިހު ވަނީ ސުވާލު އުފައްދާފަ އެވެ.
"ލ އަތޮޅު ކައްދޫ ތަރައްގީ ކުރުމަށްޓަކައި 10 މިލިއަން ޑޮލަރު ވަކިން ބަހައްޓާފަ ހުންނާނެ. ކޮބައިތޯ މި ފައިސާ. ކީއްތޯއޭ މި ކުރެއްވީ މި ފައިސާ އަށް. މިއިން އެއްވެސް ޕްރޮޖެކްޓެއް އެއްވެސް ރަށެއްގަ ނުހިނގައޭ " ސޯލިހު ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ޖަހަނީ ޖޯކު ކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ވިސްނުން ހުރިގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ އެ ބޭފުޅުންގެ ވިސްނުމާއި ފިކުރު އެ ގެންގުޅޭ ގޮތެއް. ޑޮލަރު ރޭޓުގެ ސިޔާސަތު ވެސް ހުރީ އެފަދަ ގޮތަކަށް."
ހަތް އެއާޕޯޓެއް އަޅަން ބެހެއްޓި 86 މިލިއަން ޑޮލަރަށް މި ސަރުކާރުން ހެދި ގޮތާމެދު ސޯލިހު ސުވާލު އުފައްދައިފި ހަތް އެއާޕޯޓެއް އަޅަން ބެހެއްޓި 86 މިލިއަން ޑޮލަރަށް މި ސަރުކާރުން ހެދި ގޮތާމެދު ސޯލިހު ސުވާލު އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ