އަނިނަޔާއާއި ކާތިކްގެ ފިލްމުގެ ޓީޒާ ދައްކާލައިފި

ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންއިން އަންނަ މަހު ރިލީޒްކުރާ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ"ގެ ޓީޒާ ދައްކާލައިފިއެވެ. ފިލްމީ ތަރިން ކަމަށްވާ ކާތިކް އާރްޔަންއާއި އަނަނިޔާ ޕާންޑޭ ލީޑް ރޯލްއިން ފެންނާނެ މި ރޮމޭންޓިކް ކޮމެޑީ ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ މަހުގެ 25 ވަނަ ދުވަހެވެ. މި ފިލްމުގެ ޓީޒާ ދައްކާލީ އެކަމަށްޓަކައި އިންޑިއާގެ މުމްބާއީގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. ހަމައެއާއެކު މި ހަފްލާގައި އިއްޔެ 35 އަހަރު ފުރުނު އެކްޓަރުގެ އުފަންދަވަސް ފާހަގަކުރުން ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" އަކީ ކާތިކާއި އަނަނިޔާގެ ދެވަނަ ފިލްމެވެ. ކާތިކާއި އަނަނިޔާ އެންމެ ފުރަތަމަ އެކީގައި މަސައްކަތްކޮށްފައިވަނީ 2019 ވަނަ އަހަރު ރިލީޒްކުރި ހެއްވާ މަޖާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގައެވެ. މިއީ ކާތިކް ދަރުމާއަށް ކުޅެދޭ ފުރަތަމަ ފިލްމެވެ. ޔޫރަޕްގެ ގައުމުތަކުގައި ޝޫޓިން ކުރިއަށް ގެންގޮސްފައިވާ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" އަކީ ދަރުމާ ޕްރޮޑަކްޝަންސްއާއި ނަމަހް ޕިކްޗާސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ކާތިކްގެ 2023 ވަނަ އަހަރުގެ ފިލްމު "ސަތްޔަޕްރޭމް ކީ ކަތާ"ގެ ޑައިރެކްޓަރު ސަމީރު ވިދުވާންސްއެވެ. ކާތިކްގެ ކުރިއަށް އޮތް ފިލްމު "ނާގްޒިއްލާ"އަކީ ވެސް ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ ފެންޓަސީ ޑްރާމާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ