ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ރައީސް އޮފީހަށް ވަޑައިގަންނަވައިފިއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ޤާސިމް ތާއީދުކުރައްވާ، ރިޔާސީ އިންތިހާބުގެ 2023 ގައި އެ ދެބޭފުޅުން އެކުގައި ނިކުންނަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި ރައީސް ސޯލިހު އާއި ބައްދަލުކުރެއްވުމަށް، ޤާސިމް ރައީސް އޮފީހަށް ވަޑައިގެންނެވީ މިއަދު މެންދުރެވެ.
މިއަދު ޤާސިމް އިބްރާހިމް އާއި ރައީސް ސޯލިހު ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވީ ކޮންކަމަކާއި ގުޅޭ ގޮތުންތޯ 'ޖަޒީރާ' އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ ދެބޭފުޅުން ބައްދަލުކުރެއްވިކަން ޔަޤީންކޮށްދެއްވާ ކަމަށެވެ. އެހެންނަމަވެސް ތަފްސީލް ދެއްވުމަށް އުޒުރުވެރިވެވަޑައިގެންނެވިއެވެ.
ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބުކޮށްދެއްވުމަށް އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށް ޖޭޕީއަށްވެސް ދައުވަތު ދެއްވާފައެވެ.
މި ސަރުކާރުގެ ޕާޓްނަރުން ކަމުގައިވާ ޖޭޕީ، އަދާލަތު، އެމްއާރްއެމަށްވެސް ރައީސް ވަނީ އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައެވެ. އަދި އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ އެމްޑީ އާއި އެކު ވެސް އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕިއަށް ތާއީދު ކުރުމަށް ދައުވަތު ދީފައެވެ.
އެމްޑީއޭއާއި އަދާލަތުން އެމްޑީޕީއާއެކުގައި ރިޔާސީ އިންތިހާބަށް ނިކުންނަ އެއްބަސްވެފައިވާއިރު ރައީސް ސޯލިހު ގެންދަވަނީ އެއްބުރުން އިންތިހާބު އެމްޑީޕީއާށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.
އެހެންނަމަވެސް ޤާސިމް އިބްރާހިމްގެ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ނިންމާފައިވަނީ ރިޔާސީ އިންތިހާބަށް ޖޭޕީން ވަކިން ނިކުތުމަށް ލަފާއަރުވާފައެވެ. އެހެންނަމަވެސް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ނިންމަވާފައެއް ނުވެއެވެ. އަދި އެއްވެސް ޕާޓީއަކާއި ނުވަތަ ލީޑަރަކާއި އެކު ކޯލިޝަން ހައްދަވާނެ ކަމަށްވެސް ވިދާޅުވެފައެއް ނުވެއެވެ.
ގާސިމް ރައީސް ސޯލިހުގެ އަރިހަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ