ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެ ޓީޓީ މުއާމަލާތްތަކަށް 30 ޕަސަންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދީފި ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެ ޓީޓީ މުއާމަލާތްތަކަށް 30 ޕަސަންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދީފި

ވިޔަފާރިތަކުގެ ބޭނުމަށް ކުރާ ޓީޓީ މުއާމަލާތްތަކަށް 30 ޕަސަންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދޭން ފަށާފައިވާ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބެންކް އޮފް މޯލްޑިވްސް އިން ބުނީ ޓީޓީ މުއާމަލާތްތަކަށް 30 ޕަސަންޓާ ހަމައަށް ޑޮލަރު ސަޕޯޓް ދޭން ފެށީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެކަނި ކަމަށެވެ.
ބީއެމްއެލް އިން ވަނީ ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު އަންނަ މަހުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ. ނަމަވެސް ބޭރުގެ އޭޓީއެމްތަކުން ނަގުދު ފައިސާއިން ނެގޭ އަދަދު 125 ޑޮލަރަށް ކުޑަކޮށް، އޭޓީއެމް ޗާޖަށް 10 ޑޮލަރު ނަގަން ވަނީ ނިންމާފަ އެވެ.
ކާޑުތަކުގެ ޑޮލަރު ލިމިޓު ކުރި އިރު ބީއެމްއެލްއިން ވަނީ، ވިޔަފާރީގެ ބޭނުންމަށް މުދާ ގެންނަ ބައެއް ސައިޓުތަކަށް ފައިސާ ދައްކާއިރު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމާފަ އެވެ. މި ސައިޓުތަކުގެ ތެރޭގައި ހިމެނެނީ، މި ވަގުތަށް، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
ބީއެމްއެލްއިން ބުނީ މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ވެސް އިސްތިސްނާ ވާނެ ކަމަށް ބޭންކުން ބުންޏެވެ.
އޭގެ އިތުރުން ބީއެމްއެލްއިން ވަނީ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށް ކަމަށް ވެސް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ