ދިރާގު މޯލްޑިވްސް ޖޫނިއަ ބެޑްމިންޓަން މުބާރާތް މާދަމާ ފަށަނީ

ދިރާގު މޯލްޑިވްސް ޖޫނިއަ އޯޕަން 2025 ބެޑްމިންޓަން މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މުބާރާތް ކުރިއަށްދާނީ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި އަންނަ މަހު 6ގެ ނިޔަލަށެވެ.
ތަފްސީލް - 'ދަ ބެޑްމިންޓަން ކްލަބް' އިން އިންތިޒާމްކުރާ މި މުބާރާތުގައި، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން، މި މުބާރާތުގައި:
ޖުމްލަ 8 ގައުމަކުން 347 ކުޅުންތެރިން ވަނީ ބައިވެރިވެފައި 
މީގެ ތެރޭގައި 30 ބައިނަލްއަގުވާމީ ކުޅުންތެރިން ހިމެނޭ 
މި ފޯރިގަދަ މުބާރާތުގައި ޖުމްލަ 733 މެޗު ފެނިގެންދާނެ
ހަ އުމުރުފުރާއަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ހިމެނެނީ:
9 އަހަރުން ދަށް 
11 އަހަރުން ދަށް 
13 އަހަރުން ދަށް 
15 އަހަރުން ދަށް 
19 އަހަރުން ދަށް 
އޯޕަން ކެޓަގަރީ އަދި ޕެރަ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ވެސް ވަނީ ހިމަނާފައި
ފާހަގަކޮށްލެވޭ - ދިރާގަކީ ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ