އައިސް ކްރީމް ބޯން އައުމަށް އުރީދޫއިން ދިރާގަށް ދައުވަތެއް އައިސް ކްރީމް ބޯން އައުމަށް އުރީދޫއިން ދިރާގަށް ދައުވަތެއް

ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ މައި އޮފީހަށް މާދަމާ ހަވީރު އައިސް ކްރީމް ބޯން އަންނަން ދިރާގަށް ދައުވަތު ދީފި އެވެ.
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުކުރު ދުވަހު ހަވީރު 4:30 އިން 6:00 އުރީދޫގެ ހެޑްކުއާޓާއިން އައިސްކްރީމް ބަހާނެ އެވެ.
އައިސް ކްރީމް ބޯން އަންނަން ސޯޝަލް މީޑިއާ މެދުވެރިކޮށް އުރީދޫ އިން އާންމުންނަށް ދައުވަތު ދިނުމުގެ ކުރިން ދިރާގުން ވަނީ ކެޕްޝަނެއް ނެތި ދެ އައިސް ކޯން ހިފައިގެން ހުންނަ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ޕޯސްޓުކޮށްފަ އެވެ.
"އުންމީދުކުރަން މާދަމާ އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑްކުއާޓާސްގައި ހިލޭ އައިސް ކްރީމް ބަހާއިރު އެތަނުން ދިރާގު ފެންނާނެ ކަމަށް،" ދިރާގުގެ އެ ޕޯސްޓު ޝެއާކޮށް އުރީދޫއިން ބުނެފައިވެ އެވެ.
އުރީދޫގެ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން އަންނަނީ ގިނަ ހަރަކާތްތައް ރާވައި ހިންގަމުންނެވެ.
އުރީދޫ މޯލްޑިވްސްގެ ހިދުމަތް ރާއްޖޭގައި ފެށީ މީގެ 20 އަހަރު ކުރިން އޯގަސްޓު 1، 2005 ގަ އެވެ. އުރީދޫއާއެކު ރާއްޖޭގެ ޓެލްކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެ ކުންފުނީގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ދޭން ފެށީ ވަނަތިއްޔާގެ ނަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ