އައު ޓާމިނަލް ހުޅުވަން ވަގުތީ ގޮތުން ބަންދުކުރި ވީއައިއޭގެ ސްޓާފް ޕާކިން އަދިވެސް ނުހުޅުވާ އައު ޓާމިނަލް ހުޅުވަން ވަގުތީ ގޮތުން ބަންދުކުރި ވީއައިއޭގެ ސްޓާފް ޕާކިން އަދިވެސް ނުހުޅުވާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ޖުލައި 17، ގައި ވަގުތީގޮތުން ބަންދުކުރި އެއާޕޯޓުގެ ހުޅަނގު ފަރާތު ސްޓާފް ޕާކިން ނުހުޅުވައި ދިގުލައިގެން ގޮސްފި އެވެ.
ވަގުތީގޮތުން ބަންދުކުރި ސްޓާފް ޕާކިން އަލުން ހުޅުވާނެ ތާރީހަކާއި ގުޅޭގޮތުން ވީއައިއޭގެ މީޑިއާ އޮފިޝަލްއާ އަދަދު އިން ސުވާލުކުރުމުން އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައެއް ނުވެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމާއެކު، ވަގުތީގޮތުން ބަންދުކުރި ޕާކިންގައި ވެހިކަލްތައް ޕާކް ކުރުމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން (އަޔާޓާ) ފަދަ ތަންތަނުގެ މިންގަނޑުތަކާ ހިލާފެވެ.
"މިހާރު އަލަށް ހުޅުވި ޓާމިނަލާއި ކަރަންޓް ޕާކިން އޭރިއާއެއް ގޮތުގައި އެއާޕޯޓުން ކަނޑައަޅާފައި އޮތް ސަރަހައްދަކީ މާ ކްލޯޒް ޕްރޮކްސިމިޓީއެއް. އެހެން އެގޮތަށް ވާތީ ރެގިއުލޭޓަރީ އޮތޯރިޓީތަކާއި ގަވަނިން ބޮޑީތަކުން ހުއްދަ ނުދެނީ މިކަން މިގޮތަށް ކުރަން،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މިގޮތުން އެކަމާ ގުޅޭގޮތުން ވީއައިއޭ އޮޕަރޭޓް ކުރަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދަނީ ސްޓާފް ޕާކިންއާ މެދު އަމަލު ކުރާނެ ގޮތަކާމެދު މަޝްވަރާކުރަމުންނެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގެ ކުރީގެ ޕާކިންގައި ވެހިކަލްތައް ޕާކް ކުރާނަމަ، އެކަން ކުރެވޭނީ އެތަން ވަށައިގެން ބަންދުކޮށް ތަރައްގީކޮށްގެން ކަމަށް މައުލޫމާތު ލިބެ އެވެ.
އެމްއޭސީއެލް އިން ކުރިން ބުނީ ވަގުތީގޮތުން ބަންދުކުރި ޕާކިން ހުޅުވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން ރަސްމީކޮށް އެކަމާ ގުޅިގެން އެ ކުންފުނިން އެއްޗެއް ނުބުނެ އެވެ.
ވީއައިއޭގެ އައު ޓާމިނަލް ހުޅުވި ރަސްމިއްޔާތަށް އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ސްޓާފުންނަށް ހާއްސަ ޕާކިންގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކް ކުރުން ވަގުތީގޮތުން މަނާކުރި އެވެ. އެއަށްފަހު މިއަދާ ހަމައަށް ވެސް އެތަނުގައި ހަތަ ރުފުރޮޅުލީ އުޅަނދު ޕާކް ކުރުން ވަނީ މަނާކޮށްފަ އެވެ.
ވީއައިއޭގައި މިހާރު އާންމުން ޕާކް ކުރާނެ އެއްވެސް ތަނެއް ވެސް ނުހުރެ އެވެ. ކުރިން އެއާޕޯޓުގެ ހުޅަނގު ފަރާތުގައި ހުންނަ ޕާކިންގައި އާންމުންނަށް ވެހިކަލްތައް ޕާކް ކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ