ޝަމީ އަނެއްކާވެސް އާރުޑީސީގެ ޗެއާމަނަކަށް އައްޔަންކޮށްފި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޗެއާމަންގެ މަގާމަށް، މިދިޔަ އޭޕްރީލްގައި އެ މަގާމުން ވަކިކުރި މުހައްމަދު ޝަމީ އާދަމް އަލުން އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އާރުޑީސީން ވަނީ އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް އައްޔަންކުރި ޝަމީއަށް މަރުހަބާ ކިޔާ ސޯޝަލް މީޑިއާގައި މިއަދު ޕޯސްޓެއް ވެސް ކޮށްފަ އެވެ.
ތަފްސީލް - މިދިޔަ 28 އޭޕްރީލްގައި އާރުޑީސީގެ ޗެއާމަންކަމުގެ މަގާމުން ޝަމީީ ވަކިކުރީ ކުންފުނިތަކުގެ ބޯޑުތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އޭރު ބުންޏެވެ.
އޭރު އޭނާ އިންނެވި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑުން ވެސް ވަނީ ވަކިކޮށްފަ އެވެ.
ފާހަގަ ކުރެވޭ - އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު އެޗްޑީސީއަށް ބަދަލުކޮށް، އެ ކުންފުނީގެ އެމްޑީއަކަށް އިބްރާހީމް ނަޒީމް މިދިޔަ މަހުގެ 30ގައި ވަނީ އައްޔަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ