ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން މާދަމާ ވަގުތީގޮތުން ކަރަންޓު މެދުކަނޑާލަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ (ބުރާސްފަތި ދުވަހު) ހެނދުނުގެ ވަގުތެއްގައި ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.ސްޓެލްކޯއިން ބުނީ 17 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ނަމަވެސް މަސައްކަތް ނިމުނު ހާ އަވަހަކަށް އަލުން ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ޔަގީންކޮށްދީފައެވެ.މި މަސައްކަތަކީ ހުޅުމާލޭގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ