ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާ ފާހަގަ ކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
ދުނިޔެ ހުއްޓުމަކަށް ގެނައި އާލަމީ ވަބާ -- ކޮވިޑް19 ފެތުރެން ފެށީ 2019 ވަނަ އަހަރު ޗައިނާ އިންނެވެ. އެ ބަލި ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ފެތުރި ދުނިޔެ ހުއްޓުމަކަށް އައެވެ. އެ ބަލީގެ ނުރައްކާ ބޮޑުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތް މިލިއަނަށް ވުރެ ގިނަ މީހުން މަރުވި އެވެ.
ރާއްޖެ އިން ވެސް އެތައް ސަތޭކަ ބަޔަކު މަރުވި އެވެ. އެއް ދުވަހާއި 13 މީހަކު ވެސް މަރުވި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާކަން ފާއިތުވި ހަފުތާތަކުގައި ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.
މީގެ އިތުރުން ޑެންގޫ އާއި ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ މޫސުމީ ރޯގާތައް ވެސް އަހަރުގެ މިދުވަސްވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރުން އިތުރުވެ ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ