އުނގޫފާރު މަގު ހެދުމުގެމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

ރ. އުނގޫފާރު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.
އެމްޓީސީސީން ބުނިިގޮތުގައި އެރަށު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން 8,626.55 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައެވެ. އަދި 2,537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުާއި ސަރވިސް ލައިން ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުމަތީ ކަފިހި ހުރަސް ކުރެހުމުގެ އިތުރުން ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް އެކުންފުނިން ބުންޏެވެ.
އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން ހޫނުގަދަ މޫސުމުގައި މަގުތައް ހިރަފުސްވުމާއި، ވިއްސާރަ ދުވަސްވަރު މަގުތައް ޗަކަވެ މަގުތަކުގައި ކިސަޑު ހެދުންފަދަ ކަންކަމަށް ނިމުމެއް އައުމުގެ އިތުރުން މަގުގައި ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް މަގު ބޭނުން ކުރަުމަށް ފަސޭހަވެ، މަގުތަކަކީ އަޑިގުޑަން ނުހުންނަ ރައްކާތެރި މަގުތަކަކަށް ވެގެން ދާނޭކަމަށް އެމްޓީސީސީން ބުންޏެވެ.
އުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ ދަށުން 2021 ވަނަ އަހަރު ވަނީ އުނގޫފާރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ