ކަނޑުމަގުން ރާއްޖެއަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި 10 މީހުންގެ ތެރެއިން އިންޑޮނީޝިއާއަށް ނިސްބަތްވާ ދެ މީހަކު މިދިޔަ ބުދަ ދުވަހު ދޫކޮށްލައިފި އެވެ.
ކަނޑުމަގުން ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ޝަރުތުތަކާއެކު ދޫކޮށްލީ އިންޑޮނީޝިއާއަށް ނިސްބަތްވާ މުހައްމަދު އިކްބަލް މަކްމުރު، 46، އަދި އެޑްރިއަންސްޔާ، 25، އެވެ.
މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތު އަމާޒުވާ މުހައްމަދު އިކްބަލް މަކްމުރުއަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ ޗީފް އޮފިސަރު ކަމަށްވާއިރު، އޭނާގެ މުއްދަތު ޖެހުމަށް ގެނައި ހަވަނަ ފަހަރު ބަންދުން ދޫކޮށްލީ ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ސީދާ ގުޅުވާލެވޭ ހެއްކެއް ފުލުހުންނަށް ހުށަހަޅައިދެވިފައިނުވާތީ އެވެ.
މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތު އަމާޒުވާ އެޑްރިއަންސްޔާއަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ އިންޖިނިއަރު ކަމަށްވާއިރު، އޭނާ އާއި މައްސަލައާ ގުޅުވައި ދެވޭވަރުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ހުށަހަޅައިދެވިފައި ނުވާ ކަމަށް ވެސް ބަންދުން ދޫކުރި އަމުރުގައި ވެ އެވެ.
މުހައްމަދު އިކްބަލް މަކްމުރު އާއި އެޑްރިއަންސްޔާ ބަންދުން ދޫކޮށްލީ 75 ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްްޓުމަށްފަހު އެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގު ކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައި އެ ލިޔުން ކޯޓަށް ހުށަހަޅައިފަ އެވެ.
އެ މައްސަލައާ ގުޅިގެން މުހައްމަދު އިކްބަލް މަކްމުރު އާއި އެޑްރިއަންސްޔާގެ އިތުރުން ދެން އިންޑޮނީޝިއާއަށް ނިސްބަތްވާ ނަސްވަން އަދިލް 30، އަދި އިންޑިއާއަށް ނިސްބަތްވާ ހަތް މީހަކު ހައްޔަރުކުރި އެވެ. އެ މީހުން ދޫކޮށްލި ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅުނު އިންޑޮނީޝިއާ ދެ މީހަކު ދޫކޮށްލައިފި ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅުނު އިންޑޮނީޝިއާ ދެ މީހަކު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ