ލޮލުގެ ޗެކްއަޕް
ގަވައިދުން ހެދުމަކީ ކިހާ މުހިއްމު ކަމެއް ހެއްޔެވެ؟ ގިނައިރު ސްކްރީނު
ކައިރީ މަސައްކަތްކުރާ މީހުންގެ ލޮލަށް އަރާމު ދޭންޖެހެނީ ކިހާ ގިނައިން ހެއްޔެވެ؟ ލޮލުގެ ބަލިތަކުން ރައްކާތެރިވެ ތިބުމަށާއި، ލޮލުގެ
ސިއްހަތަށް ފަރުވާތެރި ވެވެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
ރާއްޖޭގައި ލޮލުގެ
ބަލިތަކަށް ފަރުވާ ދެއްވުމުގައި 20 އަހަރު ހޭދަކުރައްވާފައިވާ ޑރ.ސިރިނިވާސް ޝެޓީ
ކަޓްޕަޑީ (ޑރ. ޝެޓީ) މި ކިޔައިދެއްވަނީ ލޮލުގެ ބަލިތަކުން ރައްކާތެރިވުމަށް
ކޮންމެހެން ސަމާލުކަންދޭންވީ ކަންތައްތަކެވެ. ލޮލުގެ ބަލިތަކަށް ފަރުވާ ދެއްވުމުގައި ޖުމްލަ 30 އަހަރުގެ
ތަޖުރިބާ އާއެކު ދިވެހިންގެ ލޯބި ހޯދާފައިވާ ޑރ. ޝެޓީ މިހާރު މަސައްކަތް
ކުރައްވަނީ އެޑްވާންސް އޮޕްޓިކަލްގަ
އެވެ.
ރާއްޖޭގައި
ހޭދަކުރެއްވި ދިގު 20 އަހަރު ތެރޭ ޑރ. ޝެޓީ އަށް ފާހަގަކުރެއްވުނީ އެންމެ ގިނައިން
ލޮލުގެ ފަރުވާއަށް އެދި ޑޮކްޓަރަށް ދައްކާ މީހުންގެ ތެރޭ ގިނަ ވަގުތު ސްކްރީން
ކައިރީ ހޭދަކުރާ މީހުން ހިމެނޭ ކަމެވެ.
ބޮޑެތި މިހުންނަށް
އެންމެ ގިނައިން ދިމާވަނީ ލޯ ހިކޭ މައްސަލަ
"އާންމުކޮށް މި އަންނަނީ ޑްރައި
އައި [ލޯ ހިކޭތީ] ގެ މައްސަލަ ދިމާވާތީ. އެފަދަ ހާލަތްތައް ދިމާވަނީ މާ ގިނަ ވަގުތު ސްކްރީނަށް ބަލަހައްޓައިގެން،
ލޮލަށް އެއްވެސް އަރާމެއް ނުދީ ތިބޭތީ. ފޯނާއި ލެޕްޓޮޕް ކައިރީ ގިނަ ވަގުތު
ހޭދަކުރާ މީހުން ލޮލަށް އަރާމު ދިނުން ވަރަށް މުހިއްމު،" ޑރ. ޝެޓީ ވިދާޅުވި
އެވެ.
އެފަދަ ހާލަތްތައް
ދިމާވާ މީހުންނަށް އާޓިފިޝަލް ޓިއާސް ޕްރިސްކްރައިބްކޮށްދެ އެވެ. ޑރ. ޝެޓީ ދެއްވާ ޓިޕް އަކީ
ސްކްރީނާ ލޮލާ ދެމެދު ހެޔޮވަރު ދުރުމިނެއް ބެހެއްޓުމެވެ.
ގިނަ ވަގުތު ސްކްރީން
ކައިރީ ހޭދަކުރާ ކުޑަކުދިންނަށްވުރެ، ބޮޑެތި މީހުންނަށް ލޮލުގެ މައްސަލަތައް
ދިމާވާ މިންވަރު އިތުރުކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.
"ސްކްރީންގެ ބްރައިޓްނެސް އަދި
ކޮންޓްރާސްޓު ދަށްކޮށްފައި ބެހެއްޓުން މުހިއްމު. މީގެ އިތުރުން ސްކްރީން މާބޮޑަށް ލޮލާ ކައިރި
ނުކުރުން. ދެން ސަމާލުކަން ދޭންވީ އަނެއް ކަމަކީ ސްކްރީން ކައިރީ އިށީނދެ އިންނައިރު
އޭސީ ނޫނީ ފަންކާގެ ވައި ސީދާ މޫނަށް އަންނަ ގޮތަށް އިނުމުގެ ބަދަލުގައި މީހާގެ
ބުރަކައްޓަށް ވައި ޖެހޭގޮތަށް އިނުން ވެސް މުހިއްމު. މީގެ އިތުރުން މާ ގިނަވަގުތު
ސްކްރީން ކައިރީ އިންނަން ޖެހޭ ނަމަ ބްރޭކް ނަގައިގެން އެހެން ދިިމާއަކަށް ބެލުމަކީ
ވެސް މުހިއްމު ކަމެއް،" ލޮލުގެ ސިއްހަތަށް
ސަމާލުކަންދިނުމަށް ކުރެވިދާނެ ކަންތައް ހިއްސާ ކުރައްވަމުން ޑރ. ޝެޓީ ވިދާޅުވި އެވެ.
ލޮލުގެ ޓެސްޓު
ހަދަންވީ ކޮންއިރަކު؟
ލޮލުގެ ފެނުމަށް
އުނދަގޫވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާ ލޮލުގެ
ޓެސްޓު ހެދުމުގެ މުހިއްމުކަން ޑރ. ޝެޓީ ފާހަގަކުރެއްވި އެވެ. ހާއްސަކޮށް
އުމުރުން40 އަހަރުން މަތީގެ މީހުން، ލޮލުގެ މައްސަލައެއް ސީދާ ފާހަގަނުވި ނަމަވެސް
އަހަރަކު އެއްފަހަރު ލޮލުގެ ޗެކްއަޕް ހެދުން މުހިއްމު ކަމަށް ޑޮކްޓަރު ވިދާޅުވި
އެވެ.
"އައިނު އަޅާ ކުޑަކުދިން ކޮންމެ
ހަ މަހަކުން ޗެކްއަޕް ހަދަން ވާނެ.40 އަހަރުން މަތީގެ މީހުން އަހަރަކު އެއްފަހަރު ޗެކްއަޕް ހަދަން ސަމާލުވުން
މުހިއްމު."
ރާއްޖެ ފަދަ
ގައުމެއްގައި އިރުގެ އަވިން ލޮލަށް ލިބޭނެ ގެއްލުންތަކުން ސަލާމަތް ވުމަށް
ފިޔަވަޅު އެޅުމުގެ މުހިއްމުކަން ވެސް ޑރ. ޝެޓީ ފާހަގަ ކުރެއްވި އެވެ.
"ރާއްޖޭގައި ޑަބަލް ޔޫވީ ރޭސް އަށް އެބަ
ހުށަހެޅޭ. އެއީ ސީދާ އިރުގެ ދޯދި އަދި މޫދަށް އިރުގެ އަލި އެޅިގެން އެ އަންނަ ރިފްލެކްޝަން. މޫދުގައި ގިނަ ވަގުތު
ހޭދަކުރާ މީހުންނާއި ކަނޑުމަތީ މަސައްކަތް ކުރާ މީހުން މިކަމަށް ސަމާލުވާން ޖެހޭ.
އިރުގެ ދޯދިތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެފަދަ މަސައްކަތް ކުރާ މީހުން
ރަނގަޅު އަވިއައިނެއް ބޭނުން ކުރުން ވަރަށް މުހިއްމު،" ޑރ. ޝެޓީ ވިދާޅުވި
އެވެ.
ދާއިމީ ބަލިތަކަށް
ފަރުވާ ހޯދާ މީހުން ސަމާލުވާން ޖެހޭ
ދާއިމީ ބައެއް
ބަލިތަކާއެކު ލޮލުގެ ސިއްހަތަށް އޭގެ އަސަރު ކުރެ އެވެ. އެގޮތުން ހަކުރު ބައްޔަށް ބޭސް ކުރާ މީހުންނާއި
ހައިޕާ ޓެންޝަން ތަހައްމަލު ކުރާ މީހުން ވެސް އަހަރަކު އެއްފަހަރު ލޮލުގެ ޗެކްއަޕް ހަދާ،
ޑޮކްޓަރުގެ ލަފާ ހޯދުން މުހިއްމެވެ.
ލޮލަށް ޖެހޭ
ބަލިތަކުގެ ތެރެއިން ޑރ. ޝެޓީ ފާހަގަ ކުރެއްވި ގޮތުގައި ގްލޮކޮމާ އަކީ އާންމު
ބައްޔެކެވެ. ހާއްސަކޮށް އުމުރުން40 އަހަރުން މަތީގެ މީހުން މިކަމަށް ސަމާލުވެ،
އަހަރަކު އެއްފަހަރު ލޮލުގެ ޗެކްއަޕް ހެދުން މުހިއްމެވެ.
"އުމުރުން 40 އަހަރުން މަތީގެ މީހުންގެ ތެރެއިން އެވްރެޖުކޮށް ކޮންމެ 20 މީހަކީ ގްލޮކޮމާ ނޫނީ އެއަށް
ވާރުތަވާ ކަންތައް ހުންނަ މީހުން. އެހެންވީމާ އެންމެ މުހިއްމު ކަމަކީ ގަވައިދުން
ޗެކްއަޕް ހެދުން،" ޑރ. ޝެޓީ ފާހަގަ ކުރެއްވި އެވެ.
ލޮލު ރޯގާ ނުވަތަ
ކޮންޖެންޓެވޭޓިވްސް އިން ރައްކާތެރިވުމަށް އާންމު ސާފުތާހިރުކަމަށް ސަމާލުކަން
ދިނުމަށް ޑރ. ޝެޓީ އިލްތިމާސް ކުރެއްވި އެވެ. ބައެއް ފަހަރު އެލާޖިކް ރިއެކްޝަނެއްގެ
ސަބަބުން 'ޕިންކް އައި' ގެ ހާލަތު ދިމާވާ ކަމަށާއި ބައެއްފަހަރު ބެކްޓީރިއަލް ނުވަތަ ވައިރަލް އިންފެކްޝަނެއްގެ
ސަބަބުން ވެސް މިހާލަތު ދިމާވާކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.
"ބޭރުތެރޭ އުޅޭއިރު ލޮލުގައި އަތްލުން
ނޫނީ ލޯ އުނގުޅުން ފަދަ ކަންތަކުން ދުރުހެލިވާން ޖެހޭ. ލޮލުގައި
އަތްލާނަމަ ރީތިކޮށް އަތްދޮވެ ސާފުކުރުން މުހިއްމު."
ޑޮކްޓަރުގެ އިލްތިމާސް
އަކީ ލޮލުގެ ސިއްހަތަށް ފަރުވާތެރިވެ، ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް
ސަމާލުކަން ދީ، ފިޔަވަޅުތައް އެޅުމެވެ.
ހުކުރު
ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 11 އަށް ޑރ. ޝެޓީ އެޑްވާންސް އައި ކްލިނިކްގައި ބައްލަވާނެ އެވެ.
އެޕޮއިންޓުމެންޓު
ހެއްދުމަށް 3001800 އަށް ގުޅައިގެން ނުވަތަ 7341800 އަށް ވައިބާ މެސެޖުކޮށްގެން
ކުރިއަށް ގެންދެވޭނެ އެވެ.
ސްކޫލު
ބަންދާ ދިމާކޮށް އެޑްވާންސް އޮޕްޓިކަލްގެ އަހަރީ ސޭލް ވެސް މިހާރު ކުރިއަށް އެބަދެ
އެވެ.
·
އަންނަ މަހުގެ 15 އާއި ހަމައަށް
މިސޭލް ކުރިއަށްދާނެ
އާސަންދައިގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފްގެ
އިންޝުއަރެންސް ސްކީމުގެ ދަށުން އެޑްވާންސް އޮޕްޓިކަލް އިން އައިނު ހެއްދޭނެ
އެތަނުން ލިބެން ހުންނަ އައިނު ދުނިގަނޑުތަކާއި އަވި އައިނުތަކުން
%35އާ ހަމައަށް ޑިސްކައުންޓު ލިބޭނެ
މީގެ ތެރޭ ކުޑަކުދިންނާއި ބޮޑެތިމީހުންގެ އައިނު
ދުނިގަނޑާއި އަވި އައިނު ވެސް ހިމެނޭ
ޑރ. ޝެޓީ މި ކިޔައިދެއްވަނީ ލޮލުގެ ދުޅަހެޔޮކަމަށް ކުރަންވީ ކަންތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ