އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އޭޓީވީ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ނ. ހޮޅުދޫ، ހަސަން ނިޝާން ހޮވިއްޖެ އެވެ.
އަންނަ ޑިސެމްބަރު 31، ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދެ މަހަކުން އެއްފަހަރު އޭޓީވީ ލިބޭ ނަސީބުވެރިޔެއް ހޮވާނެ އެވެ.
އުރީދޫއިން ބުނީ މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްދާ ކެމްޕޭނެއް ކަމަށެވެ.
މި ގުރުއަތުލުމުގައި ބައިވެރިވުމަށް އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ހިދުމަތެއް ބޭނުންކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަ ކުރަންޖެހެ އެވެ.
ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400ރ. ހަރަދުކޮށްފައިވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި ގުރުއަތުލާ ދުވަހާއި ހަމައަށް އެ ކަސްޓަމަރެއްގެ ހިދުމަތް އެކްޓިވްކޮށް ބަހައްޓަން ޖެހެ އެވެ.
މީގެއިތުރުން މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރު އުރީދޫ ބޭނުންކުރާ އަދި މި މުއްދަތުގެ ތެރޭގައި އުރީދޫ އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ.
ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގުރުއަތުން އޭޓިވީ ލިބޭ ކަސްޓަމަރުންނަށް ވެސް ގްރޭންޑް ޕްރައިޒް (6 ވަނަ ގުރު) ގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.
އުރީދޫގެ އޭޓީވީ ލިބުނު ފުރަތަމަ ނަސީބުވެރިޔަކަށް ހަސަން ނިޝާން އުރީދޫގެ އޭޓީވީ ލިބުނު ފުރަތަމަ ނަސީބުވެރިޔަކަށް ހަސަން ނިޝާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ