ބިދޭސީއަަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގަށް އެއްބާރުލުން ދޭނަން: ފުލުހުން

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކޮށް އެ ބިދޭސީ މީހާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުން މައްސަލަ ބަލަން ފަށައިފި އެވެ.
ވީކިހިނެއް؟ - މިދިޔަ މަހުގެ ފަހުކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ ދޯންޏެއް ބަލައި ފާސްކޮށް، 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރީ ދިވެހި ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެެކެވެ. އެއީ:
ހަނީފް، 36، ބަންގްލަދޭޝް
އަޒުހަދު ނަސީމް، 28، ފިޔާތޮށިވިލާ/ގއ. މާމެންދޫ
ތަފްސީލް - ބަންގްލަދޭޝްގެ ހަނީފަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެޗްއާރުސީއެމުން ތަހުގީގުކުރަމުންދާކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.
"އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ފުލުހުން މީޑިއާތަަކަށް ފޮނުވި މެސެޖުގައިވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ:
މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވޭ
ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމާއި ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ