ކުޑަކުދިންތަކެއް ރޭޕް ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ކުޑަކުދިންތަކެއް ރޭޕް ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންތަކެއް ރޭޕު ކުރި ކަމުގެ ތުހުމަތުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ކުރީގެ ޕްރޮޑިއުސަރަކު ފުލުހުން އިއްޔެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ގދ. ފިޔޯރީ، ރިހި ދޯދި، މޫސަލް މުއީން، 37، އެވެ. އެއީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި "ފޮނިލުނބޯ" ގެ ނަމުގައި އެކައުންޓު ހިންގާ މީހާ އެވެ. މީގެ ދުވަސްކޮޅެއް ކުރިއާ ހަމައަށް އޭނާ މަސައްކަތް ކުރީ ޕީއެސްއެމްގަ އެވެ.
ފުލުހުން ބުނީ ކުޑަކުދިން ރޭޕް ކުރުމުގެ އިތުރުން އޭނާގެ އަތުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ވެސް ހުރި ކަމަށެވެ. އޭގެ އިތުރުން އޭނާ ދިޔައީ ކުޑަކުދިން ގްރޫމް ކުރަން މަސައްކަތް ކުރަމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މޫސަލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
"މިހާރު" ނޫހުގައި ބުނެފައިވާ ގޮތުން އޭނާ ޕީއެސްއެމްގެ ވަޒީފާއިން ކަނޑާލީ އެތަނުގެ ޕްރޮގްރާމަކަށް އައި ކުއްޖަކާ އުމުރާ ނުގުޅޭ ވާހަކައެއް ދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ. ކުޑަކުދިންނާ ގުޅޭ ބައެއް ޝޯތައް ވެސް އޭނާ ޕްރޮޑިއުސްކޮށްފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ