ކުޑަކުދިން ގްރޫމްކޮށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޓީވީއެމްގެ ޕްރޮޑިއުސަރަކު ހައްޔަރުކޮށްފި

ކުޑަކުދިން އެކްސްޕްލޮއިޓްކޮށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޓީވީއެމްގެ ޕްރޮޑިއުސަރަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
މޫސަލް މުއީން، 37، ގދ.ފިޔޯރީ/ ރިހިދޯދި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ:
ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ކުއްޖާ ގުރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި 
ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުނު ކަމުގެ ތުހުމަތުގައި 
ކުޑަކުދިންނާ އެކު ޖިންސީ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތުގައި
ތަފްަސީލް - ފުލުހުން ބުނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުޑަކުދިންނާ ގުޅޭ މިފަދަ މަންޒަރުތައް ގެންގުޅުމާއި ފެތުރުން ހިމެނޭހެން، އެ ކުދިންނާ ގުޅުން ހުރި އެންމެހައި ކުށުގެ މައްސަލަތަކަށް ދިވެހި ފުލުހުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
ޓީވީއެމްގައި ކުޑަކުދިންގެ ޝޯތަކެއް ޕްރޮޑިއުސް ކޮށްފައިވާ މޫސަލް މުއީން، އެތަނުގެ ޝޯއަކަށް ގެންދިޔަ ކުއްޖަކު ގްރޫމްކުރަން އުޅުނު ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ