އެމްޑީޕީއާ ގެދޮރުވެރިކަން ވަރަށް ބީރައްޓެހިވާނެ: ޔާމިން

އެމްޑީޕީއާ ގެދޮރުވެރިކަން ވަރަށް ބީރައްޓެހިވާނޭކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން މިރޭ ބޭއްވި ޗާގޯސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގައި އެމްޑީޕީއަށް ނިސްބަތްވާ މީހުން ތިބެގެން މާލޭގެ ރައްޔިތުންނަށް ލިބޭނޭ މޮޅެއް ނެތްކަން މާޒީވެދިޔަ ދުވަސްތަކަށް ބަލާލުމުން ވަރަށް ރަނގަޅަށް ފާހަގަކުރެވޭ ކަަށެވެ. މިހާތަނަށް މާލެ ސިޓީ ކައުންސިލްގައި އެމްޑީޕީގެ މެޖޯރިޓީއެއް އޮތްނަމަވެސް، މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ބޯހިޔާވަހިކަމަށް އިހްތިރާމް ކުރިތަން ފެނިފައި ނުވާކަމަށެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުންނަށާއި ހާއްސަކޮށް ދަފްތަރުގައި ތިބި މީހުންނާއި މާލޭގެ ރައްޔިތުންގެ ހައްޤުތަކަށް އިހުތިރާމް ކޮށްފައި ނެތްކަން ހަމަ ބޮޑުތަނުން ދައްކުވައިދީފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ގެދޮރުވެރިކަމަކީ އެމީހުންނަށް ބީރައްޓެހި ކަމެއް. އެމީހުން އެކަމެއް ނުކުރާނެ ނުކުރެވުނު ދޯތޯ؟ އެމީހުންނަށް ލިބިއްޖެ ރައީސް ނަޝީދުވެސް ލިބިވަޑައިގެންނެވި 5 އަހަރުގެ ދައުރެއް އަދި 3 އަހަރުން އަނޭ މި މުޅި ދައުރު ނިންމާދެއްވި ނަމަވެސް އިބްރާހީމް މުހައްމަދު ސޯލިހު 5 އަހަރުގެ ދައުރު މި ފުރިހަމަ ކުރެއްވި
ރައީސް ޔާމީނު
ރައީސް ޔާމީނު ވިދާޅުވީ މާޒީއަށް ބަލައި އެބޭފުޅުންގެ (އެމްޑީޕީ) އިހުލާސްތެރިކަމެއް މިކަމުގައި ނެތްކަމަށާއި، ރައްޔިތުންނަށް އެކަހަލަ ހިދުމަތެއް ކޮށްދެއްވަން އުޅުއްވާކަމަކަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީނު ވަނީ އެމްޑީޕީން ލާމަރުކަޒީ ނިޒާމް ތައާރަފްކުރަން އުޅުނު ގޮތަށްވެސް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.
މީގެ އިތުރުން ރައީސް ޔާމީނު ވަނީ މެދުއިރުމަތީގެ ހާލަތު މިހާލަތާ ގުޅޭގޮތުން ސަރުކާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައްކަވާ ވާހަކަފުޅުތަކަށް ވަރަށްބޮޑަށާް ފާޑުވިދާޅުވެފައެވެ. 
ރައީސް ޔާމީނުގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރާ ގުޅޭގޮތުން ވިދާޅުވީ ޒަމީރު ހިސާބު ޖައްސަވަނީ ގޯސްކޮށްކަމަށެވެ. އެގޮތުން ހަނގުރާމައާ ހެދި ސަރުކާރަށް ގެއްލުންވާނޭކަމަށް ވިދާޅުވި 80 މިލިއަން ރުފިޔާގެ އަދަދު ހޯއްދެވީ ކޮންގޮތަކަށް ހިސާބު ޖައްސަވައިގެންތޯ ރައީސް ޔާމިނު ވަނީ ސުވާލު އުފައްދަވާފައެވެ. މެދުއިރުމަތީގެ މަސްރަހް ހުރިގޮތަށް ބަލާއިރު، ސަރުކާރުގެ ހަރަދުތައް އަދިވެސް ދާނީ އިތުރުވަމުން ކަމަށާއި، ފިނޭންސް މިނިސްޓަރުގެ ކިބާގައި އެކަން ވަޒަންކުރުމުގެ ޤާބިލްކަން ނެތްކަަމަށްވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ