ވީއައިއޭއިން ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަށް ބަންދުގެ މުއްދަތު ޖެހީ ވަކީލެއްގެ ފުރުސަތު ނުދީ ވީއައިއޭއިން ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަށް ބަންދުގެ މުއްދަތު ޖެހީ ވަކީލެއްގެ ފުރުސަތު ނުދީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖެހީ ވަކީލެއްގެ ފުރުސަތު ނުދީކަން އެނގިއްޖެ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ލ.މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް، 20، އާއި ކ.ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް 24، އަދި ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު، 30 އެވެ. އެ އެންމެންގެ ބަންދަށް ވެސް ފަސް ދުވަސް ވަންދެން ބަންދުކޮށްފައި ބޭތިއްބުމަށް ކޯޓުން ވަނީ މިއަދު އަމުރުކޮށްފަ އެވެ.
ނަމަވެސް، އެމީހުންގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ވަކީލެއްގެ ފުރުސަތު ނުދީ ކަމަށް އެމީހުންގެ ވަކީލުން ޓީމުން ބުންޏެވެ. އެ ހަތަރު މީހުންގެ ވަކީލުން ޓީމުން ބުނީ އެމީހުން ހައްޔަރުކުރުމާއެކު، އެމީހުންނަށް އައްޔަނުވުމަށް ރޭ 10 ޖަހާކަށްހާއިރު ފޯމު ހުށަހެޅުމަށްފަހު އެމީހުންގެ މައްސަލަ ބަލާ އިންވެސްޓިގޭޓިން އޮފިސަރަށް އެންގި ކަމަށެވެ.
އަދި އައްޔަނުކޮށްދިނުން އަވަސް ކޮށްދިނުމަށް އެދި ހިންމަފުށި ފުލުސް އޮފީހަށް ވެސް ރޭ ގުޅި ކަމަށް ހައްޔަރުކުރި ވަކީލުންގެ ޓީމުން ބުންޏެވެ. އޭގެފަހުން މިއަދު ހެނދުނު، ގުޅުމުން ވަރަށް އަވަހަށް އައްޔަނުކޮށްދޭނެ ކަމަށް ފުލުހުން ބުނި ކަމަށް ވަކީލުން ބުންޏެވެ.
"ދެން އަޅުގަނޑުމެންނަށް 11 ޖަހާކަށްހާއިރު އެންގީ އެމީހުން ދޫނިދޫއަށް ބަދަލުކުރި ކަމަށް، އެކަން އެންގީމަ ދޫނިދޫއަށް ވެސް މެއިލްތައް ފޯވާޑު ކުރިން ޕްރޮސެސް އަވަސް ކުރަން،" އެ ހަތަރު މީހުންގެ ވަކީލަކު ބުންޏެވެ.
ނަމަވެސް އައްޔަނުވުމުގެ ފުރުސަތު ނުދީ، މިއަދު މެންދުރު 12:00 ހާއިރު ގުޅާފައި އެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާކަން ފުލުހުން އެންގި ކަމަށް ވަކީލުން ބުންޏެވެ.
ބީއެމްއެލްގެ މުވައްޒަފުން އަތުން ފޭރިގަތީ 100،000 އަށްވުރެ ގިނަ ޑޮލަރެވެ. އެ ވަގުތު އެ މީހުންނާއެކު ފުލުހުންގެ ސެކިއުރިޓީއެއް ނެތެވެ.
ފައިސާ ފޭރުނު މީހުން އެއާޕޯޓުން ފިލީ ލޯންޗެއްގަ އެވެ. އެ ލޯންޗު ވެސް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ ސްޓާފުން ޑޮލަރު ހުރި ބްރީފް ކޭސް ގެންދިޔައީ ވީއައިއޭގެ ބައު ޓާމިނަލުން މި އަހަރު ހުޅުވި ޓާމިނަލުގައި ހުންނަ ޑޮލަރު ކައުންޓަރަށެވެ.
ޑޮލަރުތައް ހުރި ބްރީފް ކޭސް ޖަހައިގަތީ ދެ ޓާމިނަލު ދެމެދު އޮންނަ ވޯކްވޭ އިން ކަމަށް މައުލޫމާތު ލިބެ އެވެ. ބެލެވޭ ގޮތުގައި މިއީ ރޭވިގެން ހިނގި ވައްކަމެކެވެ. މިއީ މި ފަހުން ރޭވިގެން މިފަދައިން ހިނގި ދެވަނަ ވައްކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ