އިއްޔެއަށް ވުރެ މިއަދު މޫސުން ރަނގަޅު؛ އެކަމަކު ހއ ން ޅ އަށް ހުދު ސަމާލު

މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރެއް
ނަމަވެސް އިއްޔެއަށްވުރެ މިއަދު ރާއްޖޭގެ މޫސުން ރަނގަޅު ވާނެކަމަށް ޤައުމީ
މޫސުމާއި ބެހޭ ޢިދާރާއިން ލަފާކުރައްވައެވެ.
މިގޮތުން އިއްޔެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް
އެލާރޓް އަދި އޮރެންޖު އެލާރޓް ނެރެފައި ވީ ނަމަވެސް މިއަދުގެ މިހާތަނަށް މޫސުމާއި
ބެހޭ ޤައުމީ ޢިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ ން ފެށިގެން ޅ އަތޮޅާއި
ހިސާބަށެވެ.
މި ދެ އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު
ހެދުނު 7.00 ން ފެށިގެން މެންދުފަހު 1.30 އާއި  ހަމައަށެވެ.  
Advertisement
މޫސުމާއި
ބެހޭ ޤައުމީ ޢިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ހއ. ން ފެށިގެން ޅ. އަތޮޅާއި
ދެމެދުގެ އަތޮޅުތަކަށް މިއަދުގެ 7.00 ން މެންދުރު ފަހު 1.30 އާއި ދެމެދު ބޯކޮށް
ވާރޭވެހި ކަނޑު ގަދަވުން އެކަށީގެންވެއެވެ.
އަދި ވިލާގަނޑުގައި ގާތްގަޑަކަށް 40
މޭލަށް ވައިގަދަވުން ވެސް އެކަށީގެން ވެއެވެ. މިހެންކަމާއި އެކު ކަނޑު ދަތުރު
ކުރައްވާ ފަރަތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެ ޢިދާރާއިން އިލްތިމާސް
ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ