މަޖިލީހުގެ ނިންމުން ސުޕްރީމް ކޯޓަކަށް ނުބެލޭނެ: ޑިމޮކްރެޓްސް

މި މައްސަލައިގައި މިއަދު ވާހަކަދައްކަވަމުން އެ ޕާޓީގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާ އަދި 95 ވަނަ މާއްދައަށް ރިއާޔަތްކުރާއިރު ސުޕްރީމް ކޯޓަށް މައްސަލަ ބެލުމުގެ އަސްލީ އިހްތިސޯސް ލިބިގެން ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިންމުންތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށާއި، އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައަށް އެމަނިކުފާނުގެ ޕާޓީ، ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލްވެފަ އެވެ. މި މައްސަލައިގައި މިއަދު ވާހަކަދައްކަވަމުން އެ ޕާޓީގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާ އަދި 95 ވަނަ މާއްދައަށް ރިއާޔަތްކުރާއިރު ސުޕްރީމް ކޯޓަށް މައްސަލަ ބެލުމުގެ އަސްލީ އިހްތިސޯސް ލިބިގެން ނުވާ ކަމަށެވެ.
މަޖިލީހުގެ ނިންމުންތަކަށް ތާއީދު ކުރައްވަމުން ޝާއިރު ވިދާޅުވީ މި މައްސަލައިގައި ދައުލަތުގެ ފަރާތުންނާއި ތަދައްހުލްވެފައިވާ ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވެސް ފާހަގަކުރި ފަދައިން، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމަށާއި އާ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން މަޖިލީސް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ނުދެކޭ ކަމަށް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ މަޖިލީސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި، ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ވާނީ ސީދާ ނައިބް ރައީސްކަން އޮތީ ހާއްސަ ހާލަތެއްގެ ދަށުން ކަމަށެވެ.އެހިސާބުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ވަކީލް ހުއްޓުވައި އެ ހާއްސަ ހާލަތަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. ފަނޑިޔާރު ވިދާޅުވީ އެ މާއްދާގައި ނައިބް ރައީސް ރިޔާސަތު ބަހަލަހައްޓުމަށް ބަޔާންކޮށްފައި ވަނީ މަސްލަހަތު ފުށުއަރާނެތީ ކަމަށް ދައުލަތުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރާއިރު ވަކި ފަރާތެއް ރިޔާސަތު ބަލަހައްޓަން ޖެހޭކަން ގަވާއިދުގައި ފާހަގަކޮށްފައި ނުވާކަން ވެސް ފާހަގަކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޑިމޮކްރެޓްސްއިންގެ އިންޓެރިމް ޗެއާޕާސަން އަދި ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ރައީސްއަށް ލިބިގެންވާ ހުރިހާ ބާރުތަކެއް، ރައީސް ނެތް ހާލަތެއްގައި ނައިބް ރައީސަށް ލިބިގެންވާ ކަމަށެވެ. އެ ބާރުތައް މަޖިލީހުގެ ކޮންމެ ކޮންމެ މެމްބަރަކަށް ނުލިބޭނެ ކަމަށެވެ. އެހެންވެ، 205 ވަނަ މާއްދާގައި ބަޔާންކޮށްފައި އެ ވަނީ ހާއްސަ އިޖުރާއަތެއް ކަން ފާހަގަކުރެއްވި އެވެ."އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ ރައްޔިތުންގެ މަޖިލީހަކީ ވަކި ބާރެއް، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ތެރޭގަ ހިގާ ކަމެއްގަ ހައްސާސްކަން ބޮޑުވެގެން އެބަ ދޭ އެބާރުގެ އެހެން މެމްބަރަކު މެދުވެރިކޮށް އެކަން ކުރުމަށް. އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ މަސައްކަތް ކުރާ ތަނެއް، އެތަނުގަ ހިނގަމުން އެ ދަނީ ހަމަ ހުސް ސިޔާސީ މަސައްކަތް. އެހެންވީމަ އޭގެ ތެރޭގަ ހިނގާފާނެ ހަމަ ކޮންމެ ފަދަ މަސައްކަތަކަށްވެސް އެތަނުގެ ގަވާއިދުގެ ތެރެއިން ކަންކަން ކުރާނެ ގޮތް އެ އޮންނަނީ އެ ތަނުގެ ގަވާއިދުގެ ތެރޭގަ،" ހަސަން ވިދާޅުވި އެވެ.ޑިމޮކްރެޓްސްގެ ފަރާތުން ޝާއިރު އިތުރަށް ވިދާޅުވެފައި ވަނީ މިކަމުގެ ތެރެއިން ގާނޫނީ ހުސްކަމެއް ވެސް ނެތް ކަމަށެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ