މޫސުން ގޯސްވުމާ ގުޅިގެން 5 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ވިއްސާރަވެ ވަރަށް ބޯކޮށް ވާރޭވެހެމުންދާތީ ފަސް އަތޮޅަކަށް މޫސުމާ ބަހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.މެޓް އޮފީހުން ބުނި ގޮތުގައި މި ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:15 އިން ފެށިގެން ހަވީރު 16:15 އަށެވެ.މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި ގަޑީއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަވާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.ކ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން އއ. އަތޮޅާއި ވ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ އިރު ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާ އިރު، މާދަމާ ހެނދުނު 10 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ