ނޭޕާލުގައި ގެއްލިގެން ހޯދާ މީހުން ހޯދުމަށް ފޭސްބުކް އަދި ގޫގަލްއިން އެހީ ވަނީ

ނޭޕަލަށް އިއްޔެ އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އިމާރަތްތައް ވެއްޓި އެތައް ބަޔަކު ގެއްލިގެން ހޯދަމުންދާއިރު އެ މީހުން ހޯދުމަށް ފޭސްބުކް އަދި ގޫގަލްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިފަދަ ހާދިސާއެއްގައި އެންމެ އުނދަގޫ ކަމަކަށް ވަނީ ގެއްލުނު މީހުން ހޯދާށެވެ. އެހެން ކަމުން ގޫގަލްއިން އިއްޔެ ވަނީ "ޕާސަން ފައިންޑަރ" ތައާރަފުކޮށްފައެވެ.
"ޕާސަން ފައިންޑަރ"ގެ އެހީގައި ގެއްލިގެން ހޯދާ މީހެއްގެ މަޢުލޫމާތު ހޯދުމަށް ބޭނުންނަމަ އެމީހެއްގެ ނަން ޖަހާފައި ފޮނުވާލުމުން މީހުން ހޯދުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކަށް އެމީހެއްގެ މަޢުލޫމާތު ލިބިފައިވާނަމަ އެ މަޢުލޫމާތު ފޯރުކޮށްދޭނެ އެވެ.
ފޭސްބުކް ސޭޕްޓީ ޗެކްގެ އެހީގައި ތިމާ ސަލާމަތުން ހުރިނަމަ އެކަން ފޭސްބުކް ސްޓޭޓަސްއިން ހާމަކުރެވޭނެއެވެ.
ފޭސްބުކާއި ގޫގަލްއިން މިކަން ތާޢާރަފްކޮށްފައިވާއިރު، ނޭޕާލްގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކަނޑައިގެން ގޮސް ނެޓްވޯކްވެސް ކެނޑިފައެވެ.
ގިނަ މީހުންގެ ފޯނުތަކުގައި ޗާޖް ނެތްއިރު އިންޓަނެޓަށް ވަދެވޭނެ ގޮތެއްވެސް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ