ޓީޗަރުންނަށް ދޭން ޖެހޭ ފައިސާ އެހެން މީހަކަށް ދިން މައްސަލައެއް ފެންމަތިވެއްޖެ

ޓީޗަރުންނަށާއި ޕްރިންސިޕަލުންނަށް ދެމުން އަންނަ ޓެންޔަރޝިޕް އެލަވަންސް، ސްކޫލެއްގެ އެޑްމިނިސްޓްރޭޓަރަކު ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަން ފެންމަތިވެފައިވަނީ އޮޑިޓަރ ޖެނެރަލް މިމަހުގެ އެއްވަނަ ދުވަހު ނެރުއްވާފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ. 
އެއޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެގޮތަށް ފައިސާ ދޫކޮށްފައިވަނީ ގއ އަތޮޅު ތައުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރަށެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޓެންޔަރޝިޕް އެލަވަންސް ދެވޭނީ ލީޑީންގ ޓީޗަރުންނަށާއި ޑެޕިއުޓީ ޕްރިންސިޕަލް އަދި ޕްރިންސިޕަލުންނަށް އެކަނި ކަމަށާއި މިއެލަވަންސްގެ ގޮތުގައި ދެވޭނީ މަހަކު 2000 ރުފިޔާ ކަމަށެވެ. އެޑިއުކޭޝަނުން އެގޮތަށް އަންގާފައިވީ ނަމަވެސް އެ އެންގުމާއި ޚިލާފަށް ޓެންޔރޝިޕް އެލަވަންސްގެ ގޮތުގައި 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް 80،500 ރުފިޔާ ގއ އަތޮޅު ތައުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރަށް ދީފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން އެ މުވައްޒަފު ކުރިން ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމް ފުރުއްވިއިރު މަހަކު ދެމުންދިޔަ 4500 ރުފިޔާ، ސްކޫލްގެ އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ބަދަލުވިފަހުންވެސް ދެމުން ގޮސްފައިވާއިރު، މި މަޤާމަކީ އެ އެލަވަންސް ދެވޭ މަޤާމެއް ނޫނެވެ. 
މިކަމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ 2015 ވަނަ އަހަރުގެ އޮޑިޓްގައިވެސް ފާހަގަ ކޮށްފައިވާ މައްސަލައެއް ނަމަވެސް 2016 ވަނަ އަހަރުގެ އޮޑިޓް ކުރެވުނު ތާރީޚް 8 އޭޕްރީލް 2017 ގެ ނިޔަލަށްވެސް މިފައިސާ ސްކޫލަށް އަނބުރާ ހޯދާފައި ނުވާކަންވެސް ފާހަގަ ކުރާކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އަދި މިމުވައްޒަފު 12 އޭޕްރީލް 2018 ގައި ވަޒީފާއިން ވަކިކޮށްފައި ވީނަމަވެސް، ވަޒީފާއިން ވަކިކުރުމުގެ ކުރިން އެފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާ ގުޅޭގޮތުން އެއްބަސްވެވިފައި ނުވާކަން ފާހަގަ ކުރާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.   
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ