ފޭސް 2 ފްލެޓް ލިބިގެން ފައިސާ ދައްކާކަށް ހައުސިން މިނިސްޓްރީ އިން ނުގުޅާނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރަ ހިޔާ މަޝްރޫގެ ފުލެޓްތްކަށް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗާގެ އެއްވެސް ފަރާތަކަށް ނުގުޅާނެކަމުގައި އެ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ މިފަދަ ޒިންމާދާރުކަންކުޑަ ދަށުދަރަޖައިގެ އަމަލެއް ބައެއްފަރާތްތަކުން ކުރަމުން ދާ ކަމަށެވެ.
އަދި ހިޔާ މަޝްރޫގެ ފްލެޓްތަަކަށް ހޮވިފައިވާ ފަރާތްތަށް މިނިސްޓްރީގެ ނަމުގައި އެމިނިސްޓްރީއިން ނުގުޅާނެކަމުގައިވެސް އެބަޔާނުގައި ވެއެވެ.
ފްލެޓް ލިބިފައިވާ ފަރާތްތަކަށް ރަސްމީ ލިޔުމެއް ހަވާލުކުރުމާއި ފްލެޓލިބުންކަމަށް އެއްބަސްވުމެއްގައި ސޮއި ކުރެވޭ ހިސާބުން ނޫނީ ފައިސާ އެއްވެސް މުުއާމަލާތެއް އެ މިނިސްޓްރީއިން ނުކުރާނެއެވެ.
މީގެ އިތުރުން އެެ މިނިސްޓްރީއިިން މިވަގުތު އެއްވެސް ފައިސާ ބަލައިގަތުމުގެ މަސައްކަތެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިނުވާކަމަށްވެސް ނޫސްބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ