ސަރުކާރުގެ ވެރިންތަކެއް ގިނަ ފައިސާ ރާއްޖެއިން ބޭރަށް ގެންދާ މައްސަލަ ޕޮލިހަށް

ސަރުކާރަށް ނިސްބަތްވާ އިސް އޮފިޝަލުންތަކެއް ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރު ކުރާ ކަމަށް ތުހުމަތުކޮށް ކެންދޫ ދާއިރާގެ މެމްބަރުން އަލީ ހުސައިން ފުލުހުންނަށް ހުށަހަޅަން މަސައްކަތް ފަށައިފިއެވެ.
އަލީ ހުސައިން ވިދާޅުވީ މިއަދު މެންދުރުފަހު ރާއްޖެއިން ބޭރަށް ފުރާ ފުލައިތަކުން ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ގިނަ އަދަދެއްގެ ފައިސާ ގެންދާ ކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތުތަކެއް ފުލުހުންގެ ސަމާލުކަމަށް ގެންނަން މަސައްކަތް ކުރަމުން މިދަނީ" އަލީ ހުސައިން ވިދާޅުވިއެވެ.
ޓްވިޓާގައި ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި މިއަދު މެންދުރުފަހު ރާއްޖެއިން ފުރާ ފުލައިޓެއްގައި މި ސަރުކާރުގެ އިސްވެރިންތަކެއް ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ