ހުޅުމީދޫގައި އަންހެނަކު ބްލެކްމެއިލްކޮށް ފައިސާ ހޯދާ މައްސަލައެއް ބަލަނީ

އައްޑޫ ސިޓީ ހުޅުމީދޫގައި އަންހެނަކު ބްލެކްމެއިލްކޮށް ފައިސާ ހޯދާ މައްސަލައެއް ތަހުގީގު ކުރަން ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމީދޫގައި 40 އަހަރުގެ ދިވެހި އަންހެނަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަމުންދިޔަ މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ