ކޮޅުމަޑުލުގައި ވެރިކަން ކުރާ ރަށް ކަމަށްވާ ވޭމަންޑޫ އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ބޮޑަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. ވެރިކަން ކުރާ ރަށުގެ ހައިސިއްޔަތުން ތ. އަތޮޅުގެ އެހެން ރަށްތަކާއި އަޅާބަލާއިރު، އެކިއެކި ގޮތް ގޮތުން ވޭމަންޑޫގައި ހިދުމަތްތައް ފުޅާވެ ކަންކަން ފަހިވެފައިވެއެވެ. އަދި ދިގު ދަތުރުތައް ކޮށް މަޑުކުރާ ދޯނިފަހަރަށް ތެލާއި ފެނުގެ ހިދުމަތް ވޭމަންޑޫއިން ފޯރުކޮށްދެމުން ދެއެވެ.އާބާދީގައި 1318 މީހުން ތިބޭ ވޭމަންޑޫއަކީ ކޮންމެ ނަޒަރަކުން ބަލާލި ނަމަވެސް ރައީސް ޔާމީންގެ ތަރައްޤީގެ މަންޒަރުތައް ސިފަވާ ރަށެކެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ ތެރެއިން ވޭމަންޑޫ އަށް 54.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، 13 ދާއިރާއަކުން 18 މަޝްރޫއެއް އެ ރަށުގައި ކުރިޔަށް ގެންގޮސްފައިވެއެވެ. ވޭމަންޑޫގައި އެންމެ ފާހަގަވާ އެއް މަޝްރޫއުއަކީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ.އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ތ. އަތޮޅު ހޮސްޕިޓަލް މަރާމާތުކުރުމުގެ މަޝްރޫޢުއާއި ޒުވާނުންނަށްޓަކައި ފުޓްސަލް ދަނޑެއް ތަރައްޤީ ކުރަމުންދާއިރު ޒުވާނުންގެ މަރުކަޒު ވެސް ވަނީ މަރާމާތު ކޮށްފައެވެ. ރައީސް ޔާމީން ވޭމަންޑޫއަށް ގެނެސްދެއްވާފައިވާ ތަރައްޤީއާ ގުޅޭގޮތުން އެރަށުގެ ޒުވާނެއް ބުނީ، އޭނާގެ ހިތުގެ އެންމެ ފުންމިނުން ރައީސް ޔާމީނަށް ޝުކުރުވެރިވާ ކަމަށެވެ.
ވޭމަންޑޫ ޒުވާނެއް
އަދި ރައީސް ޔާމީންގެ ސަރުކާރުގެ ތެރެއިން ގެނެސްދެއްވާފައިވާ ތަރައްޤީގެ ސަބަބުން އެ ރަށުގެ ކުދިބޮޑު އެންމެން އެކަމާ އުފާ ކުރާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ވޭމަންޑޫއަށް ގެނެސްދެއްވާފައިވާ ތަރައްޤީ ނަން ހުސްކޮށް ލިސްޓު އެބައޮތެވެ.ޗެނަލް 13 އަށް މައުލޫމާތު ދިން ވޭމަންޑޫގެ ރައްޔިތަކު ބުނީ އެ ރަށަށް ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދެއްވާފައިވާ ތަރައްޤީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އެތައް ލުޔެއް ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ ރައީސް ޔާމީނަކީ ޤައުމީވަންތަ ވެރިޔެއް ކަމަށާއި އަދި ޤައުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރައްވަން ކެރިވަޑައިގަންނަވާ ބޭފުޅެކެވެ.
ވޭމެންޑޫއަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ކޮޅުމަޑުލަށް ރައީސް ޔާމީންގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވެއެވެ. އެގޮތުން 13 ރަށެއްގެ މައްޗަށް އެކުލެވޭ ތ. އަތޮޅަށް ރައީސް ޔާމީންގެ ސަރުކާރުން 1 ބިލިއަން ރުފިޔާ ހަރަދު ކުރައްވާފައިވާއިރު، އެ އަތޮޅުގައި 175 މަޝްރޫއެއް ކުރިޔަށް ގެންގޮސްފައިވެއެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން އެ އަތޮޅުގައި ހިންގާފައިވަނީ އެންމެ 23 މަޝްރޫއެވެ. މި ހުރިހާ ސަބަބުތަކަށްޓަކައި މިއަދު ކޮޅުމަޑުލު ރައްޔިތުން ތިއްބެވީ ރައީސް އަބްދުﷲ ޔާމީންގެ ފަހައްޕުޅުގައެވެ. އަދި އެ ފަރާތްތަކުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ.
ލަޔާލް މަނިކް
100.00%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ބިޒްނަސް ވިސާ ދޫކުރާ މުއްދަތު އިތުރުކޮށްފި
2 މިނެޓް ކުރިން
އިދިކޮޅު ފަރާތްތަކުން ދައްކާ ހަގީގަތާއި ޚިލާފު ވާހަކަތަކުގެ ރިކޯޑް މިދަނީ ބަލަހައްޓަމުން: ނިހާން
8 މިނެޓް ކުރިން
ހއ އިހަވަންދޫއަށް ސްކޭން މެޝިނެއް ގެންގޮސްފި
13 މިނެޓް ކުރިން
ޕެސިފިކް ކަނޑުގެ ބައެއް ރަށްތަކަށް ސުނާމީގެ އިންޒާރު ދީފި
19 މިނެޓް ކުރިން
ރައީސް ޔާމީން ގެނެސްދެއްވާ ތަރައްޤީއާއެކު ވޭމަންޑޫ ރައްޔިތުން ތިބީ ހިނިތުންވެގެން
23 މިނެޓް ކުރިން
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވާނީ ރިކޯޑް ފޮތުން ޖާގަ ހޯދާފައިވާ ބައެއް: މުއިއްޒު
29 މިނެޓް ކުރިން
ހިތުގައި އަބަދުވެސް އަޔާތުލް ކުރުސި އޮވޭ: ފަޒުލް ރަޝީދު
8 ގަޑި ކުރިން
ދަތުރުތަކަށް ބްރިޖު ހުޅުވާލަނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު
2 ގަޑި ކުރިން
ރައީސް ޔާމީން ޤައުމަށް ފާގަތިކަން ގެނެސްދިނީ ސިޔާސީ ބޮޑެތި ގޮންޖެހުންތަކަކާއެކު - ޝަހީމް
21 ގަޑި ކުރިން
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވާނީ ރިކޯޑް ފޮތުން ޖާގަ ހޯދާފައިވާ ބައެއް: މުއިއްޒު
29 މިނެޓް ކުރިން
ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅަށާއި، ނ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
7 ގަޑި ކުރިން
ވީއައިއޭގެ އާ ރަންވޭ، ތިން މަހުގެ ތެރޭގައި ކޮމާޝަލް އޮޕަރޭޝަނަށް ހުޅުވަނީ
20 ގަޑި ކުރިން
ގުޅުން ހުރި
ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ބިޒްނަސް ވިސާ ދޫކުރާ މުއްދަތު އިތުރުކޮށްފި
2 މިނެޓް ކުރިން
1
0
އިދިކޮޅު ފަރާތްތަކުން ދައްކާ ހަގީގަތާއި ޚިލާފު ވާހަކަތަކުގެ ރިކޯޑް މިދަނީ ބަލަހައްޓަމުން: ނިހާން
8 މިނެޓް ކުރިން
10
0
ހއ އިހަވަންދޫއަށް ސްކޭން މެޝިނެއް ގެންގޮސްފި
13 މިނެޓް ކުރިން
4
0
ރައީސް ޔާމީން ގެނެސްދެއްވާ ތަރައްޤީއާއެކު ވޭމަންޑޫ ރައްޔިތުން ތިބީ ހިނިތުންވެގެން
23 މިނެޓް ކުރިން
25
0
ރައީސް ޔާމީން ގެނެސްދެއްވާ ތަރައްޤީއާއެކު ވޭމަންޑޫ ރައްޔިތުން ތިބީ ހިނިތުންވެގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ