50ލ. ގެ ފައިސާ ފޮތި މަދުވެގެން އަލުން ޖަހައިގެން ގެނެސްފި

މިހާރު ބޭނުންކުރަމުންދާ 50 ލާރީގެ ސްޓޮކް މަދުވެގެން އަލުން ޖަހައިގެން ގެނެސްފިއެވެ.
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އެ އޮތޯރިޓީންް ނެރެފައިވާ ފައިސާާ ފޮތިތަކުގެ ތެރެއިން 50 ލާރީގެ ފައިސާ ފޮތީގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޖަހައިގެން 7 އޮގަސްޓް ގައި ރާއްޖެ ގެނެވި، ދައުލަތުގެ ޚަޒާނާގައި ރައްކާކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް ގެނައީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
ދައުރުކުރާ ފައިސާގެ ސްޓޮކް މަދުވެގެން ދޭތެރެދޭތެރެއިން އެމްއެމްއޭއިން ފައިސާ ފޮއްޗާއި ނޫޓް ޖަހައިގެން ގެނެއެވެ. އެހެންނަމަވެސް ގެންނަނީ ކިހާ އަދަދެއް ކަމެއް ހާމައެއް ނުކުރެއެވެ. އަދި ރާއްޖެ ގެންނަ ފައިސާ އެއަރޕޯޓުން ގެނެސް، ދައުލަތުގެ ޚަޒާނާއަށް ވައްދަނީ ހަތިޔާރުއެޅި ސިފައިންގެ ޙިމާޔަތުގައެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ