ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އާދަލް ޒާލިފް ހައްޔަރުކޮށްފިއެވެ.
ޒާލިފް މިރޭ ހައްޔަރުކޮށްފައިވަނީ މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހުގައެވެ. މީގެ އިތުރުން ފުލުހުން ވަނީ ޒާލިފް ދިރިއުޅޭ އެޕާޓްމަންޓްވެސް މިއަދު ފާސްކޮށްފައެވެ. ނަމަވެސް އެގެއިން އެއްވެސް އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާ ކަމަށް އާއިލާއިން ބުނެއެވެ.
އާއިލާ އިން ބުނީ ޒާލިފް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށާއި ހައްޔަރުކުރި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް އާއިލާއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ގާނޫނީ ވަކީލް ޒާލިފް މިރޭ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާއިރު އޭނާގެ ބޭބެ އިލްހާމް އަހްމަދު ހުންނެވީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ބަންދުގައި ދޫނިދޫގަ އެވެ.
އިލްހާމްގެ އަނބިކަނބަލުނަ އައިމިނަތު މާޝާ ހަސަންގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މިމަހުގެ 12 ވަނަ ދުވަހު ޒާލިފް ފުލުހުންގެ އިދާރާއަށް ހާަޒިރުވުމުން ފުލުހުން ވަނީ އެދުވަހު އޭނާގެ ފޯން ވެސް ހިފަހައްޓާފަ އެވެ.
ޒާލިފް ވަނީ މީގެ ކުރިން މިސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުކަން ކުުރުމުގެ އިތުރަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަން ވެސް ކުރައްވާފަ އެވެ.
މެމްބަރު އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފް ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ