މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ ދިރާގު ޝޯ ކެންސަލްވެއްޖެ

މިރޭ ހިތަދޫ ސްޓޭޖްގައި ބާއްވަން ދިރާގުން ހަމަޖެއްސި ޝޯ ކެންސަލްވެއްޖެ އެވެ.
ދިރާގު ޓީވީގެ ޚިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރނެޓް ގެ ޚިދުމަތް އައްޑޫ ސިޓީގައި ރަސްމީކޮށް އިފްތިތާޙް ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަން އައިޑޮލްގެ ދެ ތަރިން ކަމަށް ޝަލަބީ އާއި ޝަހުދާންގެ ޝޯވ ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ދިރާގު ފައިބަރނެޓް އާއި ދިރާގު ޓީވީގެ ޚިދުމަތް ތަޢާރަފްކުރުމަށްޓަކައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ވަރަށް ޚާއްސަ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވެސް ދިރާގުން ވަނީ ހުޅުވާލާފައެވެ.
އެގޮތުން ލަކީޑްރޯ އިން އެއްވަނަ އަށް ދާ ފަރާތަކަށް 55 އިންޗްގެ އެޗްޑީ ސްމާޓް ޓީވީ އަކާއި، 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި މީގެ އިތުރުން ގުރުއަތުން ހޮވޭ އިތުރު 4 ފަރާތަކަށް ވެސް 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ