ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެދިވަޑައިގަންނަވަނީ އިސްލާހީ މަސައްކަތުގައި ރައްޔިތުން ހިތްވަރާއި އަޒުމާއެކު ދެމިތިބުމަށް ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫންގެ ވަކީލެއްގެ ގޮތުން އަލީ ހުސައިން މިއަދު ވަނީ، އެ މަނިކުފާނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު އަލީ ހުސައިން ވިދާޅުވީ މައުމޫން ހުންނެވީ ހެޔޮ ހާލުކޮޅުގައި ކަމަށެވެ. ގިނައިން ވަގުތު ހޭދަކުރައްވަނީ ފޮތް ކިޔުއްވުމުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"ވަރަށް ގަދަކޮށް ސާބިތުކަމާ އެކު ހުންނެވީ. އެ މަނިކުފާނު އެދިވަޑައިގަތީ އިސްލާހީ މަސައްކަތުގައި ހިތްވަރާއި އަޒުމާއެކު ސާބިތުވެ ތިއްބެވުމަށް،" އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސެއިން: މައުމޫންގެ ވަކީލެއްގެ ގޮތުން އޭނާ މިއަދު ވަނީ އެމަނިކުފާނާ ބައްދަލުކުރައްވާފައި.
މައުމޫނާ ބައްދަލު ކުރައްވަން ދެ ވަކީލުން މިއަދު ދޫނިދު އަށް ވަޑައިގެންނެވި އިރު މީހަކަށް ލިބުނީ 15 މިނެޓު ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
މައުމޫންގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވީ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމެވެ. އެކަމަކު، އޭނާ މިހާރު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު މައުމޫން ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން ރޭވުމާއި ރިޝްވަތުގެ ތުހުމަތުތަކެއްގަ އެވެ.
އެ މައްސަލައިގައި އެ މަނިކުފާނާ މިހާތަނަށް ސުވާލެއް ނުކުރާ ކަމަށް ވަކީލުން ވިދާޅުވެ އެވެ. މައުމޫންގެ މައްޗަށް ތުހުމަތުކުރާ މައްސަލަ އަށް ހެކި ހުރި ކަމަށް ފުލުހުން ބުނި ނަމަވެސް ހެކި ނައްތާލުމުގެ ދައުވާ މައުމޫނުގެ މައްޗަށް އުފުލުމަށް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.
މައުމޫން އެދިވަޑައިގަތީ އިސްލާހު ކުރުމުގައި ސާބިތުވެ ތިބުމަށް: އަލީ ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ