ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.
ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމް މިނިވަން ކުރެވެން އޮތް ހުރިހާ ކަމަެއް ކުރައްވާނެ ކަމަށެވެ. އަދި ގާސިމް އިބްރާހިމް ދެވަނަ ފަހަރަށްވެސް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށާ ގާސިމް ހައްޔަރުކުރި މައްސަލައާއި ގުޅިގެން ބައިނަލްއަގްވާމީ މުޖްތަމައުން ރާއްޖެ އާއި މެދު ފިޔަވަޅު އަޅަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއި އެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް އިބްރާހީމް މަޖިލީހުގެ އެކި މެންބަރުންނަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި އެމަނިކުފާނު ވަނީ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި އިއްޔެ ކޯޓުން ވަނީ ގާސިމްގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
އެ ތުހުމަތުތަކަށް ގާސިމް އިންކާރުކުރައްވާފައިވާއިރު، ސަރުކާރުން ގާސިމަށް ގާނޫނީ އިމުގެ ބޭރުން އަނިޔާކުރަމުންދަނީ މަޖިލީހުގައި ސަރުކާރަށް އޮތް ސުޕަމެޖޯރިޓީ ގެއްލި އިދިކޮޅު ހަރަކާތް ވަރުގަދަވުމުގެ ސަބަބުންކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ